ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކަރަންޓް ވިއުގަ ބަދަލުކުރުމާބެހޭ

އިޢުލާން

މިމަދަރުސާގެ ކަރަންޓް ވިއުގަ ބަދަލުކުރުމާބެހޭ

މިމަދަރުސާގެ ކަރަންޓް ވިއުގަ ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމަދަރުސާގެ ނަންބަރު: GS 33/2016/09 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތެއް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މިކަމުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނީ، ތްރީފޭސް ކޭބަލް އެޅުމާއި، ބޯޑު އެޅުމާއި، ޢިމާރާތްތައް މީޓަރު ބޯޑާ ގުޅުމަށް ކޭބަލް އެޅުމާއި، މީޓަރު ބޯޑާ ގުޅުން ފަދަ މަސައްކަތްތަކެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

31 މާރިޗު 2016 ވަނަ ދުވަހުގެ 13:00 އަށް ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން.

07 އެޕްރީލް 2016 ވަނަ ދުވަހުގެ 13.00 އަށް ސްކޫލް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އަންދާސީހިސާބު ހުށަހަޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެންފަރާތެއްގެ ނަމުގައި ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމުގަޔާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގައި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: ފޯން ނަންބަރު 6600034 ނުވަތަ 9659595
22 މާރިޗު 2016
ހޯދާ