ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 12,687/50 ރ

ސަރވިސް އެލަވަންސް:

މަހަކު 5,437/50ރ

އޮފީސް:

އިދާރީ މަރުކަޒު

ގްރޭޑް:

7

ޑިޕާޓްމަންޓް

ބިޒްނަސް ޑިވެލޮޕްމަންޓް

ސްޕައިން ޕޮއިންޓް

40

މަޤާމުގެ ޝަރުޠު:

ވަޒީފާގެ މަސްއޫލިއްޔަތުތައް އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.

1- މަސައްކަތާ ގުޅޭ ދާއިރާއިން ލެވެލް 7/8 ގެ ބެޗްލަރ ޑިގްރީއަކަށްފަހު ދަސްކުރި ތިއަރީތަކާއި އުސޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 4 އަހަރުދުވަހުގެ، މަސައްކަތާ ގުޅޭ ތަޖުރިބާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަސްއޫލިއްޔަތު:

  1. ޔުނިވަރސިޓީއަށް އާމްދަނީ ހޯދުމަށްޓަކައި ކުރެވޭ ވިޔަފާރީގެ ފުރުޞަތުތައް ބަލައި ހޯދުން.
  2. ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް އަންނަ ބަދަލުތަކާއި ފުރުޞަތުތައް ސްޓަޑީކޮށް އަޕްޑޭޓް ކުރުން. އަދި  ޔުނިވަރސިޓީގެ ވިޔަފާރި ހިންގާ ފަރާތްތަކަށް މަޢުލޫމާތު ދެމުން ގެންދިޔުން.
  3. ވިޔަފާރި ފެށުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުން.
  4. ވިޔަފާރިތަކަށް ޕްރޮޕޯޒަލް، ޕްރޮޖެކްޓް ތައްޔާރުކޮށް ވިޔަފާރި ހޯދުން.
  5. ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭންކްތަކާއި ވާހަކަ ދެއްކުމާއި، ލޯން ޕްރޮޕޯޒަލް އަދި އެޕްލިކޭޝަންފޯމު ފުރައި ހުށަހެޅުން.
  6. ލޯން ހޯދުމަށްޓަކައި ބޭންކާއެކު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުން.
  7. ޔުނިވަރސިޓީގެ ވިޔަފާރިތަކާ ބެހޭގޮތުން އެކި ފަރާތްތަކާ ވެވޭ އެއްބަސްވުންތައް ޑްރާފްޓްކޮށް ސޮއިކުރުވައި ބެލެހެއްޓުން.
  8. ޔުނިވަރސިޓީގެ ވިޔަފާރިތައް ހިނގާނުހިނގާގޮތް ބަލައި އަހަރީ އޯޑިޓްރިޕޯޓްތައް ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން ކައުންސިލަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.
  9. މީގެ އިތުރުންވެސް ޔުނިވަރސިޓީގެ ވިޔަފާރިތައް ހިންގުމުގައި ޔުނިވަރސިޓީގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓްކުރެވިފައި ނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ

ސިޓީ ފޮނުވަންވީ ތާރީޚު:    

2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
  • އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުއްވާނެ އީމެއިލްއަކީ [email protected] އެވެ.
17 މާރިޗު 2016
ހޯދާ