މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ފުރުޞަތު

އިޢުލާން

މަތީ ތަޢުލީމުގެ ފުރުޞަތު

މުލަކަތޮޅު އަތޮޅު ކައުންސިލްގެ "ފާންތަރި" ތަޢުލީމީ ސްކޮލަރޝިޕް ލޯނު ސްކީމް ފުރުޞަތު

މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އެހީވެދިނުމަށް މ.އަތޮޅު ކައުންސިލުން ފުރަތަމަ ފަހަރަށް ތަޢާރަފުކުރާ މި ސްކޮލަރޝިޕުން އެހީވެދޭނީ ރާއްޖެއިން މަތީ ތަޢުލީމު ހާސިލުކުރުމަށް އަތޮޅުގެ ސްކޫލްތަކުން ނިމިދިޔަ އަހަރުގެ އޯލެވެލް / އޭލެވެލް އިން އެންމެ މޮޅު ދަރިވަރަށާއި އަދި މިހާރުވެސް އެކިއެކި ކޯސްތައް ފުރިހަމަކުރާ މ.އަތޮޅުގެ ދަރިވަރުންނަށެވެ.

މިއަހަރު ހުޅުވާލެވޭނީ ޖުމްލަ 6 ފުރުޞަތެވެ. މިގޮތުން:

  1. 2015 ވަނަ އަހަރުގެ އޯލެވެލް އެންމެ މޮޅު ދަރިވަރު/ އަތޮޅުން (1 ފުރުޞަތު)
  2. 2015 ވަނަ އަހަރުގެ އޭލެވެލް އެންމެ މޮޅު ދަރިވަރު /އަތޮޅުން (1 ފުރުޞަތު)
  3. މިހާރު ކޯސްތަކުގައި ކިޔަވަމުންދާ އަތޮޅުގެ ދަރުވަރުން (4 ފުރުޞަތު)

ވީމާ، މި ސްކޮލަރޝިޕްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސްކޮލަރޝިޕާބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މަޢުލޫމާތު މި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ސްކޮލަރޝިޕްތަކަށް އެޕްލިކޭޝަން ހުށަހަޅާނީ މ. އަތޮޅު ކައުންސިލް އިދާރާއަށެވެ.   

ކޯހުގެ ލެވެލް: ފައުންޑޭޝަން، ޑިޕްލޮމާ އަދި ފުރަތަމަ ޑިގްރީ

ޝަރުޠު:

މި ސްކީމުން ލޯނުއެހީ ދެވޭނީ ތިރީގައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށެވެ.

ހ. އެހީ ދެވޭނީ މ. އަތޮޅުގެ ސްކޫލްތަކުން ވޭތުވެދިޔަ އަހަރު އޯލެވެލް އަދި އެސް.އެސް.ސީ އިން އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވާ މ.އަތޮޅުގެ ސްކޫލަކުން ކިޔެވި އެންމެ މޮޅު ދަރިވަރު.

ށ. މ. އަތޮޅު ސްކޫލްތަކުން ވޭތުވެދިޔަ އަހަރު އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުން އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވާ މ. އަތޮޅުގެ ދަރިވަރު

ނ. މިއެހީއަށް އެދި ހުށަހެޅޭނީ ހަމައެކަނި ރާއްޖޭގައި މިހާރު ތަޢުލީމު ހާސިލުކުރަމުންދާ ހަމައެކަނި މ. އަތޮޅުގެ ދަރިވަރުންނަށެވެ. މިހާރު ކިޔަވަމުންދާ ދަރިވަރުން ކަމުގައި ބަލާނީ މިހާރު ކިޔަވަމުންދާ ކޯސް ނުނިމޭ ފަރާތްތަކަށެވެ.

ރ. މިފުރުޞަތު ދެވޭނީ ފައުންޑޭޝަން، ޑިޕްލޮމާ އަދި ފުރަތަމަ ޑިގްރީ އާ ހަމައަށް ކިޔެވުމަށެވެ.

ބ. މިފުރުޞަތު ދެވޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ޔުނިވަރސިޓީ ކޮލެޖަކުން، އެކްރެޑިޓްކޮށްފައިވާ ކޯހެއް ފުރިހަމަކުރުމަށެވެ.

ޅ. ކޯހުގައި ކިޔަވާ ދަރިވަރަކީ ފުލްޓައިމް ކިޔަވާ ދަރިވަރަކަށް ވާންވާނެއެވެ.

ކ. ފުރިހަމަކުރާ ނުވަތަ ފުރިހަމަކުރަމުންދާ ކޯހަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޫކުރާ ސްކިލް ޝޯޓޭޖް ލިސްޓުގައި ފާހަގަ ޖެހިފައިވާ ކޯހަކަށް ވާންވާނެއެވެ.

އ. ފުރިހަމަކުރާ ނުވަތަ ފުރިހަމަކުރުމަށް ބޭނުންވާ ކޯހަކީ މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރެއްގެ ކޮލިފިކޭޝަނަކަށް ވާންވާނެއެވެ.

ވ. ސަރުކާރު ނުވަތަ ސަރުކާރު މެދުވެރިގެން ހިލޭ އެހީގެ ފުރުޞަތު ލިބިފައިވާ ފަރާތްތަކަށް މިލޯނަށް ކުރިމަތިނުލެވޭނެއެވެ. މީގެ ކުރިން ސަރުކާރުން އިޢުލާންކުރާ ސްޓަޑީ ލޯން ސްކީމުގެ ދަށުން ލޯނު ލިބި، އެލޯނު އެހީގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް މި ސްކީމުގެ ދަށުން ލޯނުގެ އެހީއަށް ހުށަހެޅިދާނެއެވެ. އަދި ކިޔަވައި ނިމިފައިވާ ދަރިވަރުންގެ ތެރެއިން ލޯނުއެހީ ލިބި، ލޯނުއެހީ ބޭނުންކޮށް އަދި ލޯނު އަނބުރާ ދައްކަން ފަށަންޖެހިފައިވާ ދަރިވަރުންގެ ތެރެއިން، ލޯނު އަނބުރާ ގަވާއިދުން ނުދައްކަވާ ފަރާތްތަކަށް މިލޯނަށް ކުރިމަތިނުލެވޭނެއެވެ. މިއާއެކު ސްކިލް ޝޯޓޭޖް ލިސްޓް ހިމެނިފައިވާނެއެވެ.

ސުންގަޑި: 31 މާރިޗު 2016 ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 13:30 އަށް މި. އަތޮޅު ކައުންސލް އިދާރާގެ ކައުންޓަރުންނާއި އަދި މި އިދާރާގެ ވެބްސައިޓް www.meem.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 6720600 އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

04 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016
ހޯދާ