ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އައި.ޓީ އިކުއިޕްމަންޓްސްތަކެއް ގަންނަން ބޭނުންވެއްޖެ

އިޢުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އައި.ޓީ އިކުއިޕްމަންޓްސްތަކެއް ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު 06MNU-CA-FNP/2016/ ގައިވާ ބައެއް އައިޓަމުތަކަށް ތިން ފަރާތުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިނުވާތީ އެ އައިޓަމުތައް ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

  • ޕްރޮޖެކްޓަރ ސްކްރީން
  • ސައުންޑް ސިސްޓަމް
  • ބަޔޯމެޓްރިކް ސިސްޓަމް (އެޓެންޑެންސް ސިސްޓަމް)

ވީމާ، ބަޔާން ކުރެވިފައިވާ ތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 22 ވާ އަންގާރަ ދުވަހުގެ 10:30 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 28 ވާ ހޯމަ ދުވަހުގެ 10:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ