ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީއަށް ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީއަށް ބައެއް ތަކެތި ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު 49MNU-CA-FNP/2016/ އަށް ދެފަރާތުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، ބަޔާން ކުރެވިފައިވާ ތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 21 ވާ ހޯމަ ދުވަހުގެ 10:30 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ