އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް ހެދުމަށް

އިޢުލާން

ބަށިކޯޓެއް ހެދުމަށް:

މިއިދާރާގެ ނަންބަރު IUL) 343-AS/2016/28)ފ(22 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

މިރަށުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިންގަނޑާ އެއްގޮތަށް ބަށިކޯޓެއް ހެދުމަށް ބޭނުންވެއްޖެއެވެ. މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 13:15 އަށް ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:15 ގެ ކުރިން މިމަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯޒަލްތައް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 29 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 13:15 ގައެވެ. އެހެންކަމުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި، ލިޔުން ހަވާލުކޮށްފައި ބަދަލުގައި ފޮނުވާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ތާރީޚުތަކަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ