ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ސްކޫލުގެ ގޯތިތެރޭގައި ހިނގޭނެގޮތަށް ދުވާރު އަޅައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކުނަހަންދޫ ސްކޫލުގެ ގޯތިތެރޭގައި ހިނގޭނެގޮތަށް ދުވާރު އަޅައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް ސްކޫލުގެ ގޯތިތެރޭގައި ދުވާރެއް އަޅަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ (އެދުވަހުގެ) 30 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11:00 ގައި، އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެ ފޮނުއްވާ ފަރާތެއްގެ އައިޑީ ކާޑާއި، އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއެއް ފޮނުވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800744 އާ ގުޅުއްވުން އެދެމެވެ.

06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ