ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހަނިމާދޫ އެއަރޕޯޓުގައި ހުންނަ އެސްޓީއޯ ޕލކ ގެ ފިއުލް ޝެޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

 އިޢުލާން

 ހދ.ހަނިމާދޫ އެއާރޕޯރޓުގައި ހުންނަ އެސްޓީއޯ ޕލކ ގެ ފިއުލް ޝެޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 މި ކުންފުނީގެ ފަރާތުން ކުރެވުނު އިޢުލާން ނަންބަރު ADM/2016/30 އާ ގުޅިގެން ލިބިފައިވާ ބިޑުތަކުގެ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ, އެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ. ވީމާ، ހދ.ހަނިމާދޫ އެއަރޕޯޓުގައި ހުރި އެސްޓީއޯ ޕލކ ގެ ފިއުލް ޝެޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ އަދި މިކަމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ

 ރަޖިސްޓަރީ ކުރުން:       ރަޖިސްޓަރީކުރަން ބޭނުންފުޅުވާ ބޭފުޅުން 2016 މާރިޗު 20 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

 ބީލަންކަރުދާސް ދޫކުރުން:    ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 މާރިޗު 20 ވަނަ ދުވަހުގެ އީމެއިލުންނެވެ.

 މައުލޫމާތު ދިނުން:        ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2016 މާރިޗު 21 ވަނަ ދުވަހުގެ 15:00 ގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

 ސުވާލާއި ޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 މާރިޗު 27 ވަނަ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި 30 މާރިޗު 2016 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 ބީލަންކަރުދާސް:         ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އޭޕްރީލް 04 ވަނަ ދުވަހު 09:00 ގައި އެސްޓީއޯ ހެޑް އޮފީހުގައެވެ.

 އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

 ފޯން:   3344371 ,3344196

 ފެކްސް:  3344633

 އީމެއިލް: [email protected]

 06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ