ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ފޭދޫ ފިހާރަ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން 

އެސްޓީއޯ ފޭދޫ ފިހާރަ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް، އެސްޓީއޯ ފޭދޫ ފިހާރަ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ރާއްޖޭގެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

 ރަޖިސްޓަރީކުރުން:      ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 މާރިޗު 20 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސް.ޓީ.އޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

 ބީލަން ކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 މާރިޗު 20 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 މާރިޗު 21 ވަނަ ދުވަހުގެ 10:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

 ސުވާލާއި ޖަވާބު:       ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 މާރިޗު 27 ވާ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި 2016 މާރިޗު 30 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އެޕްރީލް 05 ވަނަ ދުވަހުގެ 14:00 ގައި އެސް.ޓީ.އޯ ހެޑްއޮފީހުގައެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:    3344371 , 3344196

ފެކުސް:  3344633

 އީމެއިލް: [email protected]

 05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ