ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދަސްވެނިވުމުގެ ރަސްމިއްޔާތަށް ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ދަސްވެނިވުމުގެ ރަސްމިއްޔާތަށް ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ނަންބަރު 75/MNU-CA-FNP/2016 އަށް ދެ ފަރާތުން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، މިކަމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2016 މާރިޗު 20 ވަނަދުވަހުގެ 10:00 އަށް މި ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 21 ވަނަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ