ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްހުދާގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޡުން ހޯދުމާގުޅޭ

އިޢުލާން

1437 ވަނަ އަހަރު ރަމަޟާންމަހު މިސްކިތްމަގު މަސްޖިދުލްހުދާގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޡުން ހޯދުމާގުޅޭ:

1437 ވަނަ އަހަރު ރަމަޟާންމަހު މިސްކިތްމަގު މަސްޖިދުލްހުދާގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ޝައުޤުވެރިވެލައްވާ ޙާފިޡުންނަށް އެފުރުޞަތު މިކައުންސިލުން ހުޅުވާލަމެވެ. މިކަމަށް އެދި ހުށަހަޅަންވާ ފަރާތްތަކުގެ ތެރެއިން ހޮވިވަޑައިގަންނަވާ ޙާފިޡުންނަށް ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް އެލަވަންސް ލިބިވަޑައިގަންނަވާނެއެވެ.

  • ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާ (ބިދޭސީ) ޙާފިޡަކަށް ކޮންމެ ރެއަކަށް -/200 (ދުއިސައްތަ ރުފިޔާ) ރުފިޔާއެވެ.
  • ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާ (ރާއްޖޭގެ) ޙާފިޡަކަށް ކޮންމެ ރެއަކަށް -/400 (ހަތަރު ސަތޭކަ ރުފިޔާ) ރުފިޔާއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމުގެ ސެޓުފިކެޓުތަކުގެ ކޮޕީއާއި އައިޑީ ކާޑުގެ ކޮޕީ އަދި މިކަމަށް އެދި ހުށަހަޅާ ސިޓީ، 26 މާރިޗު 2016 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

29 ޖުމާދަލްއޫލާ 1437

09 މާރިޗު 2016
ހޯދާ