ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ އާއި ޝްރީލަންކާގައި އިންވެސްޓުކުރުމުގެ ފުރުސަތު

ހިއްޞާގެ ބާޒާރު ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަގްވާމީ މާކެޓުތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކުގައި ދިވެހިންނަށާއި ދިވެހި ކުންފުނިތަކަށް އިންވެސްޓުކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެ ހޯދައިދިނުމުގެ މަސައްކަތް މި އޮތޯރިޓީއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު ގުޅިގެން އަންނަނީ ކުރަމުންނެވެ.

މި މަޤުޞަދުގައި ވޭތިވެދިޔަ އަހަރުތެރޭގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެމް.އޯ.ޔޫގެ ޒަރީއްޔާއިން ދިވެހިންނަށާއި ދިވެހި ކުންފުނިތަކަށް ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖުގައި އިންވެސްޓުކުރުމަށް ފަސޭހަތަކެއް ލިބިގެން ދާނެއެވެ.

މި ކަންކަމަށް މަގުފަހި ކުރުމުގެގޮތުން ކުރިއަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖުގެ ފަރާތުން ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް 'މޯލްޑިވްސް އިންވެސްޓަރ ފޯރަމް'ގެ ނަމުގައި 28 މާރިޗް 2016 ވާ ހޯމަ ދުވަހު މާލޭގައި ފޯރަމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި ޝްރީލަންކާގެ ސެކިއުރިޓީޒް މާކެޓުގައި ހުރި ފުރުސަތުތަކާއި އިންވެސްޓްކުރެވޭނެ ގޮތްތަކާގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ބައިވެރިންނާ ހިއްޞާކުރެވިގެން ދާނެއެވެ.

މި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލެވިފައެވެ. ވީމާ މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 16 މާރިޗް 2016 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ނަމާއި ގުޅޭނެ ނަންބަރު [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3014110/3336619 ފޯނަށް ގުޅުއްވުން އެދެމެވެ.

 01 ޖުމާދަލްއާޚިރާ 1437   

10  މާރިޗު  2016

10 މާރިޗު 2016
ހޯދާ