މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ދެވޭ އެވޯޑު

އިޢުލާން

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ދެވޭ އެވޯޑު

ވާރލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ، ކޮންމެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް (31 މޭ)" ގެ މުނާސަބަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދެއްވާ ޢިނާމެކެވެ. މި އިނާމު ދެއްވަނީ، ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤުޞަދުގައެވެ.

މިގޮތުން ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ އަދި ވަކީން ޚާއްޞަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް" ގެ ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކުން މި އިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވިފައިވާކަން ޢާންމު ކުރުމުގެ ގޮތުން ދެންނެވީމެވެ. އަދި ދަންނަވަމެވެ. މިއަހަރުގެ "ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް" ގެ ޝިޢާރަކީ "ގެޓް ރެޑީ ފޮރ ޕްލެއިން ޕެކޭޖިންގ" އެވެ.

ވީމާ، ވާރލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލެއްވުމަށް ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހެޅުއްވުމަށް ނުވަތަ އަމިއްލަ ނަން ހުށަހެޅުއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 2016 މާރިޗު 13 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބިވަޑައިގަންނަވާނީ ހެލްތު މިނިސްޓްރީގެ ކައުންޓަރުންނާއި މި އެޖެންސީގެ ވެބްސައިޓް www.hpa.gov.mv އިންނެވެ.

މިކަމާ ގުޅޭ މަޢުލޫމާތު އިތުރަށް ބޭނުންފުޅުވާ ފަރާތްތަކުން ނަންބަރު: 4455 301 ފޯނަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] މި އީމެއިލަށް ފޮނުއްވުން އެދެމެވެ.

27 ޖުމާދަލްއޫލާ 1437
07 މާރިޗު 2016
ހޯދާ