ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސަރވިސް: ޓެކްނިކަލް ސަރވިސް

ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމު އޮތް އިދާރާއާއި، މަސައްކަތްކުރަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމު އުފެއްދި ތާރީޚު: 23 ފެބުރުވަރީ 2016

މުއްދަތު ހަމަވާ ތާރީޚު: 23 ފެބުރުވަރީ 2018

މުސާރަ: މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް: -/1،500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް: އިތުރުގަޑިއާއި ބަންދުދުވަހު މަސައްކަތް ކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދުދުވަހާއި އިތުރުގަޑީގައި ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން، ބަންދުދުވަހާއި އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުޞޫލުން ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ އަދަދު: 1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'އީ'  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،  ހަޔަރ  ސެކެންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

4- އުމުރުން 18 އަހަރުވެފައި މީހަކުކަމުގައިވުމާއި، 55 އަހަރުނުވާ މީހަކުކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓުގެ އެންމެހައި މުވައްޒަފުންގެ މަސައްކަތް ރޭވުމާއި، މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުން.

2- އިދާރާއިން ހިންގުމަށް ކަނޑައަޅާ ތަރައްޤީގެ ކަންތައްތަކާ ގުޅޭ މަސްރޫޢުތައް އެކުލަވައިލުމާއި، ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އެއްކުރުމާއި، ދިރާސާ ރިޕޯޓް ތައްޔާރުކުރުން.

3- އިދާރާގެ ބެލުމުގެދަށުން ހިންގޭ ތަރައްޤީގެ މަޝްރޫޢުތަށް ހިންގުމުގައި ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަންކަން ހިނގާނުހިނގާގޮތް ބެލުން.

4- ރަށުގެ ކުނި ނައްތައިލުމުގެ ނިޒާމް ދެމެހެއްޓެނިވިގޮތެއްގައި ހިންގުމަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.

5- ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ހިންގިދާނެ ކަންތައްތަކާއި، މަޝްރޫޢުތައް ތަޢާރަފްކުރުމާއި، އެކަމަށް މީހުން ހޭލުންތެރިކުރުމަށް ކުރެވިދާނޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު އެއްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމްތައް ހިންގުމުގައި ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ ޕްރޮގުރާމްތައް ހިންގުމުގައި ބައިވެރިވުން.

6- ރަށުގެ ތިމާވެށި ޙިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވުމާއި، ތިމާވެށްޓާ ރަޙުމަތްތެރި ރައްޔިތެއް އުފެއްދުމަށް އާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި، ހޭލުންތެރިކުރުމަށް ހިންގޭ ޕްރޮގުރާމްތަކުގައި އެހީތެރިވެދީ ބައިވެރިވުން.

7- ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތުތައް ހޯދުމުގައި އެހީތެރިވެދީ، ޕްލޭން އެކުލަވައިލުމުގައި ބައިވެރިވުން.

8- އިދާރާގެ އެހެނިހެން ޔުނިޓްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، މަސައްކަތުގައި އެހީތެރިވެދިނުން.

9- ސިޓީ/މެސެޖް ލިޔުން.

10- ރަސްމީގަޑީގައްޔާއި ނުރަސްމީގަޑީގައި އިދާރާ ހުޅުވައި ބަންދުކުރުން.

11- ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި އިސްވެ ހަރަކާތްތެރިވުން.

12- މީގެ އިތުރުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތީން، ވެރިން އަންގަވާ، އިދާރާގެ މަސައްކަތްތައް ކުރުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

- މި  މަޤާމަށް  ކުރިމަތިލުމަށް  ބޭނުންވާ  ފަރާތްތަކުން  "ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު"  ފުރިހަމަކުރުމަށްފަހު،  2016  މާރިޗު  16  ވާ  ބުދަދުވަހުގެ  14:00  ގެ  ކުރިން،  ވަޒީފާއަށް  އެދޭ  ފޯމާއި،  އެ  ފޯމާ  ގުޅޭ  ލިޔުންތައް،  މި  އިދާރާއަށް  ހުށަހަޅަންވާނެއެވެ.

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް WWW.CSC.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިންޓަވިއު ކުރުން: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވުމުން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ލިޔުމަކުން އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

2- ތަޢުލީމީ ސެޓްފިކެޓްތަކުޖެ ކޮޕީ (އެކްރިޑެޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަސްލު)

3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަޞްލު)

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

6- ސިވިލް ސަރވިސްއަށް/ ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

7- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކައް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500034 ނަންބަރު ފޯނާއެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ