ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މި ސްކޫލުގެ ނަންބަރު GS103/IUL/2016/07 އިޢުލާނުގައިވާ މަޤާމުގެ މުސާރައަށް ބަދަލު އައިސްފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

1 (އެކެއް)

ބޭނުންވާ އަދަދު

ޖީ.އެސް 4

ރޭންކް

އޮފިސަރ ގުރޭޑް 2

ކުލެސިފިކޭޝަން

ދާއިމީ

މަޤާމުގެ ގިންތި

އިދާރީ

ޑިވިޝަން

ބިލެތްފަހީ ސްކޫލް އޮފީސް

އޮފީސް

ބިލެތްފަހީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން

މަހަކު -/5020ރ

މުސާރަ

މަހަކު -/1500ރ

ސަރވިސް އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރުގަޑީގެ ފައިސާ

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މައްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ފެންވަރު ނުވަތަ ޝަރުޠު

 

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް އިންޓަރވިއު ކުރެވޭނެއެވެ. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ތިން ހަފުތާގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނެ ތާރީޚާއި ތަނާއި ގަޑި އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަރވިއު އޮންނަ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އިންޓަރވިއުކުރުން

1- ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

2- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން

3- މުވައްޒަފުންގެ ޗުއްޓީގެ ރެކޯޑު ބެލެހެއްޓުން

4- މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން

5- ސްކޫލަށް ލިބޭ ސިޓީ މެސެޖްތައް އެންޓްރީކޮށް ފައިލްކުރުން

6- ފައިސާގެ ލިޔެކިޔުންތައް ބެލެހެއްޓުން އަދި ސްކޫލަށް ލިބޭ ފައިސާ ބަލައިގަތުން

7- އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.

8- އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

9- މީގެ އިތުރުންވެސް ސްކޫލުން އަންގާ އެކިއެކި ކަންތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބިލެތްފަހީ ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

1- ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު ( މިފޯމު މި ސްކޫލުގެ އޮފީހުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. )

2- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ އަދި އެހެނިހެން ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)

3- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް (ޚިދުމަތްކޮށްފައިވާ މުއްދަތު ބަޔާންކޮށްފައިވާ)

4- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ކޮޕީ

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ ސާފު ފޮޓޯކޮޕީއެއް)

6- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ގުޅޭނެ ނަންބަރާއެކު

7- ސިވިލްސާރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

8- ސިވިލް ސަރވިސް ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. ލިޔުމުގައި މުއްދަތު/ތާރީޚުތައް ބަޔާންކޮށްފައި ވާންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަރވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ. 

ސެޓުފިކެޓުތަކާއި ލިޔުންތައް އެޓެސްޓްކުރުން

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ ސަރުކާރުގެ އޮފީސްތައް ބަންދު ނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން 13:00 އާދެމެދު މި ސްކޫލުގެ އިދާރާގެ 6540580 ފޯނަށް ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރަސްމީގަޑީގައި މި ސްކޫލުގެ އިދާރާއަށް ވަޑައިގެންނެވުމުންވެސް މައުލޫމާތު ސާފޮކޮށްދެވޭނެއެވެ. 

އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ ޢަމަލުކުރަންވީ ގޮތް

                             .ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016
ހޯދާ