ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިއުލާން

   މަޤާމު:                     ރިލީފް ޓީޗަރ

   ބޭނުންވާ އަދަދު:                03

   ވަޒީފާ އޮތް އޮފީސް:              ށ.ބިލެތްފަހީ ސްކޫލް

   ގިންތި:                     ވަގުތީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އެކަޑަމިކް ސެކްޝަން / ށ.ބިލެތްފަހީ ސްކޫލް

   މުއްދަތު:                    3 މަސް ދުވަސް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މާސްޓަރ ޓައިމްޓޭބަލްގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ހާޒިރުވެ ކިޔަވައިދިނުން.
  2. ހަވާލުކުރެވޭ ކޯކަރިކިއުލާ ޙަރަކާތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުން.
  3. ދަރިވަރުންގެ ކުރިއެރުމަށްޓަކައި އިތުރު ގަޑިތައް ނަގައިދިނުމާއި، ގަޑިތައް ރަނގަޅަށް ގެންދިއުމަށްޓަކައި ޓީޗަރެއްގެ ހައިސިއްޔަތުން ފުރިހަމަ ކުރާންޖެހޭ މަސައްކަތްތައް ކުރުން.
  4. ދަރިވަރުންގެ ކުރިއެރުމަށް ފުންކޮށް، ފުޅާކޮށް ވިސްނުން ބަހައްޓައި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.
  5. ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސްކޫލުން އަންގާ ގޮތެއްގެ މަތީން ގެނައުމާއި ކިޔަވައިދިނުމުގައި ސްކޫލުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.
  6. ކުލަބު ނުވަތަ ހައުސްއެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ އެޒިންމާއެއް އަދާކުރުން.
  7. ސްކޫލުގެ މެނޭޖްމަންޓުގެ ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޓީމު މެމްބަރެއްގެ ގޮތުގައި ޙަރަކާތްތެރިވުން.

ޝަރުޠު:                         

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

-/4500

-/1500

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރުން

-/5500

-/1500

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކުރުން

-/6090

-/2500

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ޗެޕްޓަރ 5 ގައިވާގޮތުގެ މަތީން

  1. އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ފައިސާ ދެވޭނެއެވެ.
  2. ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ހަމަޖެހިފައިވަ އުސޫލުން ދެވޭނެއެވެ.
  3. ކޮންޓްރެކްޓްގެ މުއްދަތުގެ ގިނަވެގެން ދެވޭނީ 5 ދުވަހުގެ ޢާއިލީ ޒިންމާގެ ޗުއްޓީއެވެ.
  4. ކޮންޓްރެކްޓުގެ މުއްދަތުގައި ގިނަވެގެން ދެވޭނީ 9 ދުވަހުގެ ސަލާމް ޗުއްޓީއެވެ.
  5. ސިވިލް ސަރވިސް މުވައްޒިފުންނެކޭ އެއް އުސޫލުން ގަޑީލާރި ކެނޑޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2014ގައި ޝާއިޢުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާ އުސޫލުތަކަށެވެ. މިކަން ކަށަވަރު ކުރުމަށްޓަކައި ލިބިފައިވާ ސަނަދުތަކަށް އަދި އިންޓަރވިއު އަށް ބެލޭނެއެވެ.

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 02 ހަފުތާގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނެ ތަން، ތާރީޚު އަދި ގަޑި އިންޓަރވިއު ބޭއްވުމުގެ ލަސްވެގެން 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. ވަޒީފާއަށް އެދޭ ފޯމު ބިލެތްފަހީ ސްކޫލުން ލިބިވަޑައިގަންނަވާނެއެވެ. އަދި ސިވިލް ސަރވިސް ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްވެސް ކުރެވެން ހުންނާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ށ.ބިލެތްފަހީ ސްކޫލް އޮފީހަށް ނުވަތަ [email protected] އީމެއިލް އެޑްހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މާރިޗު 15 ވަނަ ދުވަހުގެ 13:00ގެ ކުރިން

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ށ.ބިލެތްފަހީ ސްކޫލުގެ ނަންބަރު 6540580 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016
ހޯދާ