އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

     .އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ (GS-151/IUL-2016/08) ުނަންބަރ

މަޤާމު:                        އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)

ބޭނުންވާ އަދަދު:                   01

ރޭންކް:                        ޖީ. އެސް 4

ކްލެސިފިކޭޝަން:                   އޮފިސަރ ގްރޭޑް 2

މުސާރަ:                       -/5020 ރުފިޔާ

ސަރވިސް އެލަވަންސް:               -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                 އއ.މާޅޮހު ސްކޫލް

ގިންތި:                        ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:         އއ.މާޅޮހު ސްކޫލް އޮފީސް، އއ.މާޅޮސް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯޓު ހެދުން
  2. ވަޒީފާ ބަޔާން ތައްޔާރުކުރުން
  3. ސީނިއަރ މެނޭޖުމެންޓުގެ އޯވަރޓައިމްގެ ކަންތައް ބެލެހެއްޓުން
  4. ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން
  5. ސެޕް ތައްޔާރުކުރުމާއި އަޕްޑޭޓް ކުރުން.

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- މަޤާމާ ގުޅޭ ދާއިރާއިން ލިބިފައިވާ ތަޢުލީމީ ފެންވަރު

- ވަޒީފާއާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

- ޤާބިލުކަންހުރި މިންވަރު (އިންޓަރވިއު)

އިންޓަރވިއު ކުރުން

ހ. އިންޓަރވިއު އޮންނާނެ ތަނާއި ގަޑި މަޤާމަށް ކުރިމަތިލުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު އއ.މާޅޮހު ސްކޫލުންނާއި ސިވިސް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އއ.މާޅޮހު ސްކޫލަށް

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އއ.މާޅޮހު ސްކޫލުގެ ނަންބަރު 6660844 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ އއ.މާޅޮހު ސްކޫލުގެ މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

02 މާރިޗު 2016
ހޯދާ