ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

 ތިރީގައި ދަންނަވާފައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު:

1 ( އެކެއް )

ކުލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:

އެސް.އެސް.1

މުސާރަ

މަހަކު -/3100 ރުފިޔާ

ސާރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

އިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސާރވިސް މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތްކުރަންޖެހޭ ތަން

ބ. އަތޮޅުމަދަރުސާ

މަސައްކަތްކުރަން ޖެހޭ ސެކްޝަން

އެޑްމިން

އަސާސީ ޝަރުޠު

1- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް

1- ސްކޫލުގެ ގޯތިތެރެއާއި، ސްކޫލާ އިންވެފައިވާ މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކުރުން. އަދި ކުނި އުކާލުން.

2- އެކިއެކި ބައްދަލުވުންތަކާއި، ރަސްމިއްޔާތުތަކަށް ގޮނޑި އެތުރުމާއި، އެކަމެއް ނިމުމުން އެގޮނޑިތައް ނަގައި ތަރުތީބުކުރުން.

3- ސްކޫލުގެ ތެރޭގައި ހުރި ފާޚާނާތައް ދޮވެ ސާފުކުރުން

4- ސްކޫލުގައި ހުރި އެކިއެކި ޢިމާރާތްތަކާއި، ކްލާސްރޫމް ފަދަ ތަންތަން ފޮޅައި ސާފުކޮށް ބެލެހެއްޓުން

5- ސްކޫލުގެ ފަރާތުން ދަންނަވަންޖެހޭ އެކިއެކި ފަރާތްތަކަށް ދެންނެވުން

6- އަދި މީގެ އިތުރުން ރަސްމީ ގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ތަޢުލީމީ ގޮތުން އެންމެމަތީ ފާސް ލިބިފައިވާ ފަރާތަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއުއިން އެންމެމަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.

އިންޓަރވިއު ކުރުން

ހ. މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޚާއި، ތަން އަދި ވަގުތު އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި

މިމަޤާމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތަކާއެކު 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސްކޫލް އޮފީހުންނާއި، ސިވިލްސަރވިސްގެ ވެބްސައިޓުން (www.csc.gov.mv) ލިބިވަޑައި ގަންނަވާނެއެވެ.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މިލިޔުންތަކުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އޮންނަންވާނެއެވެ.)

- ވަޒީފަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު).

- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅުއްވާ ސެޓުފިކެޓުތަކާއި، ލިޔުންތަކުގެ އަސްލު އެޓެސްޓް ކުރުމަށްޓަކައި އިންޓަރވިއުއަށް އަންނައިރު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600034 ނަންބަރު ފޯނާއެވެ.

28 ފެބުރުވަރީ 2016
ހޯދާ