ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ފާމަސީތަކަށް މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް :ފާރމަސިސްޓް
ބޭނުންވާ އަދަދު :1
މަޤާމް :ފާރމަސީ އެސިސްޓަންޓް
ބޭނުންވާ އަދަދު :3

ތިރީގައި މިވާ މަޤާމުތަކަށް ދެއަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު

އަދަދު

އަސާސީ މުސާރަ

މަސައްކަތްކުރަންޖެހޭ ތަން

ފާރމަސިސްޓް

1

-/4350ރ

އެސް.ޓީ.އޯ ހދ.ހަނިމާދޫ ފާމަސީ

ފާރމަސީ އެސިސްޓެންޓް

1

-/3380ރ

އެސް.ޓީ.އޯ ށ.ނަރުދޫ ފާމަސީ

ފާރމަސީ އެސިސްޓެންޓް

1

-/3380ރ

އެސް.ޓީ.އޯ ށ.ފޯކައިދޫ ފާމަސީ

ފާރމަސީ އެސިސްޓެންޓް

1

-/3380ރ

އެސް.ޓީ.އޯ ށ.ގޮއިދޫ ފާމަސީ

 1. ފާރމަސިސްޓް

 މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން

* ބޭސް ދޫކުރުން

* ހަރުތަކުގައި ބޭސް އެތުރުން

* ކޮންޓްރޯލް ޑްރަގްސް ރިޕޯޓް ތައްޔާރުކުރުން

* މުއްދަތުހަމަވާ ބޭސްތައް ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުން

ތަޢުލީމާއި ތަޖުރިބާ:
* އެޑްވާންސްޑް ސެޓުފިކެޓު އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން

 2. ފާރމަސީ އެސިސްޓެންޓް

 މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން

* ބިލް ހެދުން

* މުއްދަތު ހަމަވާ ބޭސްތައް ޗެކްކުރުންް

* ރެކްތަކުގައި ބޭސް އެތުރުން

* ކްރެޑިޓް ބިލް ޗެކްކުރުން   

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

 ތަޢުލީމާއި ތަޖުރިބާ

* ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

އެހެނިހެން ޢިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާއާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތަށް ހަމަޖައްސައިދެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި، އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މެޑިކަލް އިންޝުއަރެންސް ހަމަޖައްސައިދެވޭނެއެވެ.

 ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މާރިޗު 09 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑުއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

 ނޯޓް

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް / ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑުއޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344368 / 3344179 ، ފެކުސް: 3344041 ، ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑްރެސް: [email protected]

22 ޖުމާދަލްއޫލާ 1437

02 މާރިޗު 2016
ހޯދާ