މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށްޓަކައި ޑީޓެއިލްޑް ޑިޒައިން ހެދުމާއި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމަށް ކޮންސަލްޓެންޓެއް ހޯދުމަށް ކުރެވުނު އިޢުލާންގެ ބިޑް ހުޅުވާ ތާރީޚަށް ބަދަލު ގެނައުން

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށްޓަކައި ޑީޓެއިލްޑް ޑިޒައިން ހެދުމަށާއި ޓެންޑަރ ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް 8 ފެބުރުވަރީ 2016 ގައި ކުރެވުނު ނަންބަރު: IUL)438/1/2016/5) އިޢުލާނާ ގުޅިގެން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފީމެވެ.

ވީމާ، މިމަސައްކަތަށް ބީލަން ހުޅުވުން އޮންނާނީ 21 މާރިޗު 2016 ވަނަދުވަހުގެ 11:00 ގައި ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އޮޑިޓޯރިއަމްގައެވެ. 

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: -3018-301960+

އީމެއިލް: [email protected]

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީއުރައެއްގައެވެ. ބޭރުގައި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

03 މާރިޗު 2016
ހޯދާ