މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
8 ރަަށެއްގައި ސްޕޯޓްސް އެރީނާގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 1. މިނިސްޓްރީ އޮފް ޔޫތު އެންޑް އެންޑް ސްޕޯޓްސްގެ ބޭނުމަށް ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިއުރިޓީ އަދަދު

ގދ. ނަޑެއްލާ ސްޕޯޓްސް އެރީނާ ( ފުޓަސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-40

-/20,000ރ

ގދ. ރަތަފަންދޫ ސްޕޯޓްސް އެރީނާ ( ފުޓަސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-39

-/20,000ރ

ގދ. ހޯޑެއްދޫ ސްޕޯޓްސް އެރީނާ ( ފުޓަސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-38

-/20,000ރ

ގދ.ފިޔޯރީ ސްޕޯޓްސް އެރީނާ ( ފުޓަސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-44

-/20,000ރ

ގއ.މާމެންދޫ ސްޕޯޓްސް އެރީނާ ( ފުޓަސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-37

-/20,000ރ

ގއ.ގެމަނަފުށި ސްޕޯޓްސް އެރީނާ ( ފުޓަސަލް ގްރައުންޑް އަދި ބަށި ކޯޓް)

TES/2016/W-36

-/15,000ރ

ގއ.ދެއްވަދޫ ސްޕޯޓްސް އެރީނާ ( ފުޓަސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-34

-/20,000ރ

ގދ.ތިނަދޫ ސްޕޯޓްސް އެރީނާ ( ފުޓަސަލް ގްރައުންޑް، ވޮލީބޯލް ކޯޓް އަދި ބަށި ކޯޓް)

TES/2016/W-35

-/15,000ރ

2. ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަންވާނެއެވެ.

3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

   GC01-2,GC01-1 އަދި GC01-3

4. މިބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 03 މާރިޗު 2016 އިން 05 އެޕްރީލް 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

6. ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީ މަތީގައިވާ ތާވަލުގައިވާ ޢަދަދަށް ކޮންމެ މަސައްކަތަކަށް ވަކިންހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 މާރިޗު 15 ވާ އަންގާރަ ދުވަހުގެ 11:00 ގައި، މިމިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 މާރިޗު 18 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. ބީލަން ހުޅުވުން އޮންނާނީ 2016 އެޕްރީލް 06 ވާ ބުދަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

   ފޯން: 3349102       3349106

   ފެކްސް: 3320706       3324432

   އީމެއިލް: [email protected]

   ކޮޕީ: [email protected]

03 މާރިޗު 2016
ހޯދާ