މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލްއާއި ސްޓޭންޑަޑްސް ޕްރޮގްރާމެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލްއާއި ސްޓޭންޑަޑްސް ޕްރޮގްރާމެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރު ކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެށްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. މިގޮތުން މިކަމާގުޅުން ހުރި ސިޔާސަތުތަކާއި އަދި މިންގަނޑުތައް އެކުލަވައިލުން ވެސް މި މަޝްރޫޢުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢުގެ ތެރެއިން ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލްއާއި ސްޓޭންޑަޑްސް ޕްރޮގްރާމެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މި މިނިސްޓްރީން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބީލަން ހުޅުވުން އޮންނާނީ ބިލަންތައް ހުށަހަޅާ ފާރަތްތަކުގެ ހާޒިރުގައި 2016 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.

މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ތިރީގައި ވާގޮތަށް އެޑްރެސް ކުރުމަށްފަހުގައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:    3018300  (960)+ 3018201 (960)+

އީމެއިލް : [email protected]

03 މާރިޗު 2016
ހޯދާ