ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ދެ ފާމަސީއަކަށް މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް :ފާމަސިސްޓު
ބޭނުންވާ އަދަދު :1
މަޤާމް :އެސިސްޓެންޓް ލޭބަރަރ
ބޭނުންވާ އަދަދު :1
މަޤާމް :ފާމަސީ އެސިސްޓަންޓު
ބޭނުންވާ އަދަދު :2

ތިރީގައި މިވާ މަޤާމުތަކަށް ދެއަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު

އަދަދު

އަސާސީ މުސާރަ

މަސައްކަތް ކުރަންޖެހޭ ތަން

ފާމަސިސްޓު

1

-/4350ރ

އެސް.ޓީ.އޯ ސ.ފޭދޫ ފާމަސީ

އެސިސްޓެންޓް ލޭބަރަރ          

1           

-/2620ރ

ފާމަސީ އެސިސްޓެންޓު

2

-/3380ރ

އެސް.ޓީ.އޯ ސ.މަރަދޫ ފާމަސީ

  1. ފާމަސިސްޓު

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުން
  • ބޭސް ދޫކުރުން
  • ހަރުތަކުގައި ބޭސް އެތުރުން
  • ކޮންޓްރޯލް ޑްރަގްސްގެ ރިޕޯޓު ތައްޔާރުކުރުން
  • މުއްދަތުހަމަވާ ބޭސްތައް ބަލައި ރިޕޯޓު ތައްޔާރުކުރުން

ތަޢުލީމާއި ތަޖުރިބާ:

  • އެޑްވާންސްޑް ސެޓުފިކެޓު އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން

2. ފާމަސީ އެސިސްޓަންޓު

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުން
  • ބިލް ހެދުން
  • މުއްދަތުހަމަވާ ބޭސްތައް ޗެކުކުރުންް
  • ހަރުތަކުގައި ބޭސް އެތުރުންް
  • ކްރެޑިޓު ބިލް ޗެކުކުރުން
  • އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

  • ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

3. އެސިސްޓެންޓް ލޭބަރަރ

މަޤާމުގެ މަސްއޫލިއްޔަތު

  • ދުވަހުން ދުވަހަށް ފާމަސީގެ އެތެރެ ސާފުކޮށް ބެލެހެއްޓުން.
  • ފާމަސީ ކުނި އުކާލުން.
  • ބޭސްހަރުތަކުގައި އެތުރުން.
  • މުދާތައް / ބޭސްތައް ލޯޑް ކުރުމާއި އަންލޯޑު ކުރުން.

 ތަޢުލީމާއި ތަޖުރިބާ

  • ގްރޭޑު 7 ނިންމާފައިވުން
  • ދިވެހި އަދި އިނގިރޭސިބަސް ލިޔަން ކިޔަން އެނގުން
  • ގިނަ ވިގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން

 އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1500ރ އާއި -/2450ރ އާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަޖައްސައިދެވޭނެ.
  • އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކުނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

 ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މާރިޗު 09 ވަނަ ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑުއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑުއޮފީސް

ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345

ފޯން: 3344368 3344179/  ފެކުސް: 3344041،  ވެބްސައިޓު: www.sto.mv

އީމެއިލް އެޑުރެސް: [email protected]

21 ޖުމާދަލްއޫލާ 1437

01 މާރިޗު 2016
ހޯދާ