ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކުރުން

އަންދާސީހިސާބު ބޭނުންވެއްޖެ

ކޮމިޝަނުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކުރުން

މި ކޮމިޝަނުގެ ޢިމާރާތުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުގައި މިކޮމިޝަނަށް (ހުރަވީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާގެ ހުޅަނގުބައި) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

09 މާރިޗު 2016 ދުވަހުގެ 11:00 އަށް

16 މާރިޗު 2016 ދުވަހުގެ 11:00 އަށް

2016 މާރިޗު 16 ވާ ބުދަ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅާ ބިޑު ނުވަތަ ބިޑުން ބައެއް ވިޔަސް ބަލައިނުގަނެވޭނެވެ. އަދި، މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބިޑުވެސް ބަލައެއްނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016
ހޯދާ