ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ ރިސެޕްޝަނަށް ކައުންޓަރެއް ހެދުން

އަންދާސީހިސާބު ބޭނުންވެއްޖެ

ކޮމިޝަނުގެ ރިސެޕްޝަނަށް ކައުންޓަރެއް ހެދުން

މި ކޮމިޝަނުގެ ރިސެޕްޝަނަށް ކައުންޓަރެއް ހެދުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުގައި މިކޮމިޝަނަށް (ހުރަވީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާގެ ހުޅަނގުބައި) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

10 މާރިޗު 2016 ދުވަހުގެ 11:00 އަށް

17 މާރިޗު 2016 ދުވަހުގެ 11:00 އަށް

2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅާ ބިޑު ނުވަތަ ބިޑުން ބައެއް ވިޔަސް ބަލައިނުގަނެވޭނެވެ. އަދި، މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބިޑުވެސް ބަލައެއްނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016
ހޯދާ