ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސިސްޓުންނާއި އަދި ފާމަސީ އެސިސްޓެންޓުން ބޭނުންވެއްޖެ

ތިރީގައި މިވާ ފާމަސީތަކަށް ދެ އަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެ

މަޤާމު

އަދަދު

އަސާސީ މުސާރަ

މަސައްކަތް ކުރަންޖެހޭ ތަން

ފާމަސިސްޓް

1

-/4350ރ

އެސް.ޓީ.އޯ ގދ.ތިނަދޫ ފާމަސީ

ފާމަސީ އެސިސްޓަންޓް

1

-/3380ރ

އެސް.ޓީ.އޯ ލ.މާމެންދޫ ފާމަސީ

ފާމަސީ އެސިސްޓަންޓް

2

-/3380ރ

އެސް.ޓީ.އޯ ގއ.ވިލިނގިލި ފާމަސީ

ފާމަސީ އެސިސްޓަންޓް

1

-/3380ރ

އެސް.ޓީ.އޯ ގދ.ގައްދޫ ފާމަސީ

 

1.  ފާމަސިސްޓް

މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން

* ބޭސް ދޫކުރުން

* ހަރުގަނޑުތަކުގައި ބޭސް އެތުރުން

* ކޮންޓްރޯލް ޑްރަގްސް ރިޕޯޓު ތައްޔާރުކުރުން

* މުއްދަތު ހަމަވާ ބޭސްތައް ޗެކްކޮށް ރިޕޯޓު ތައްޔާރުކުރުން

 ތަޢުލީމާއި ތަޖުރިބާ:

 * އެޑްވާންސްޑް ސެޓިފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން

 

 2. ފާމަސީ އެސިސްޓަންޓް

މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން.

* ބިލު ހެދުން.

* މުއްދަތު ހަމަވާ ބޭސްތައް ޗެކްކުރުންް.

* ހަރުގަނޑުތަކުގައި ބޭސް އެތުރުން.

* ކްރެޑިޓް ބިލު ޗެކުކުރުން.

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

* ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން.

* ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވެ އޮންލައިން ފާމަސީކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1500ރ އާއި -/2450ރ އާދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަޖައްސައިދެވޭނެ

* އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ

* މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ

* ޕެންޝަން

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 މާރިޗު 02 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344368 3344179 /  ފެކްސް: 3344041  ވެބްސައިޓް: www.sto.mv  އީމެއިލް އެޑްރެސް: [email protected]

16 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016
ހޯދާ