މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް އޯވަރހޯލްކުރުމާއި މަރާމާތުކުރުމަށް

އިޢުލާން

އެމްބިއުލާންސް އޯވަރހޯލްކުރުމާއި މަރާމާތުކުރުމަށް ބޭނުންވެއްޖެ.

މި ހޮސްޕިޓަލްގައި ދުއްވާ އެމްބިއުލާންސާއި، ދިއްގަރު ޞިއްޙީމަރުކަޒުގައި ދުއްވާ އެމްބިއުލާންސް އޯވަރހޯލްކުރުމާއި، އިންޖީނުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް ބޭނުންވެއްޖެ.

ވީމާ، މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި ހޮސްޕިޓަލަށް (މުލީ ރީޖަނަލް ހޮސްޕިޓަލް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

   ތާރީޚު

ދުވަސް

ވަގުތު

 މަޢުލޫމާތު ސާފުކުރުން.

05 މާރިޗު 2016

އަންގާރަ

10.30

 އަންދާސީހިސާބު ހުށަހެޅުން.

13 މާރިޗު 2016

އާދީއްތަ

13.00

އިތުރުމަޢުލޫމާތު ހޯއްދެވުމަށް:

މުލީ ރީޖަނަލްހޮސްޕިޓަލް ޓެލެފޯން ނަންބަރު: 6720605 ، 7827839             

ދިއްގަރު ޞިއްޙީމަރުކަޒު ޓެލެފޯން ނަންބަރު: 6720596 ، 7757514

19 ޖުމާދަލްއޫލާ 1437

28 ފެބުރުވަރީ 2016
ހޯދާ