މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު

މަޤާމުގެ ގިންތި:

ދާއިމީ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމް އޮތް އޮފީސް:

މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލުގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ

މަޤާމުގެރޭންކް:

އެސް. އެސް. 1

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ

-/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،000 ރުފިޔާ

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާ/ ޤާބިލްކަށް ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. އިދާރާއިން ކަނޑައަޅާ ޢުޞޫލެއްގެމަތީން، ރަސްމީ ކޮންމެ ދުވަހަކު ގަޑިޖެހުމުގެ 10 މިނެޓުގެ ކުރިން އިދާރާ ހުޅުވުމާއެކު، އެތެރޭގެ އިދާރީ މަސައްކަތްކުރާ ހުރިހާ ތަނެއް ކުނިކަހައި ސާފުކުރުމާއި، ރަސްމީގަޑި ނިމުމުން، އިދާރާ ބަންދުކުރުން. އަދި ރަސްމީ ކޮންމެ ދުވަހަކުވެސް އިދާރީ ކޮންމެވެސް އެއްބައެއްގެ މޭޒުތަކާއި ހަރުގަނޑުތައް ފޮހެ، ފޮޅައި، ސާފުކުރުން.

2. ރަސްމީ  ދުވަސް  ދުވަހާއި  ނުރަސްމީ  ދުވަސް  ދުވަހު  ނަގަންޖެހޭ  މަސްރިޕޯޓް  ނަގައި،  ރަސްމީ މަސައްކަތްފެށޭތާ 30 މިނެޓުގެ ތެރޭގައި ކަމާބެހޭ އިދާރީ މުވައްޒަފާ އެ ރިޕޯޓް ހަވާލުކުރުން.

3. އިދާރާއާއި ރަށްވެހިގެ ހިމެނޭ އިމާރާތުގެ މުށިޖަހާއިފައިވާ ހުރިހައި ތަނެއް، މަދުވެގެން ހަފްތާއަކު އެއްދުވަހު މޮޕްކުރުމާއި، ރަސްމީ ކޮންމެ ދެދުވަހުން އެއްދުވަހު އިދާރާގެ މޫނުމަތީގެ ބިއްލޫރިތައް ފޮހެ ސާފުކުރުމާއި، ގޯތިތެރެއާއި މަގުމަތި ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

4. ރަސްމީ ދުވަސްދުވަހާއި ނުރަސްމީ ދުވަސްދުވަހު، މެގަފޯނުން / ލޯޑުން ގޮވަންޖެހޭ ގޮވުންތަކާއި، އަންގަންޖެހޭ އެންގުންތައް އެންގުމާއި، ބަހަންޖެހޭ ކާޑުފަދަ ތަކެތި ބެހުން.

5. ރަސްމީ ދުވަސްދުވަހާއި، ނުރަސްމީ ދުވަސްދުވަހު ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކަށް ގޮނޑިޖަހައި، ތަން ތައްޔާރުކޮށް، ޒީނަތްތެރިކުރުން.

6. ރަށްވެހިގޭގެ ކޮޓަރިތަކާއި، ފާޚާނާތަކާއި، ބެޑްޝީޓްތަކާއި ބާލީސްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

އެހެނިހެން ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 މެއި 2015 ގައި ޢަމަލުކުރައްވަން ފަށްޓަވާފައިވާ ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިންނެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާންކުރުން އޮންނާނީ، 2016 މާރިޗުމަހުގެ ތެރޭގައި ކަނޑިތީމު ކައުންސިލުގެ އިދާރާގައެވެ. އަންނަންވީ ތާރީޚާއި ގަޑި، 1 ދުވަސް ކުރިން ލިޔުމުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 

6. ވަޒީފާއަށް އެދޭ ފަރާތުގެ ފަރާތުގެ ވަނަވަރު.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  މަޤާމްތަކަށް  ކުރިލަތިލާން  އެދޭ ފަރާތްތަކުން،  މަތީގައިވާ  ލިޔުންތަކާއެކު،  2016  މާރިޗު  3  ވާ ބުރާސްފަތިދުވަހުގެ  13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  މި  އިދާރާގެ  6540041  ނަންބަރު  ފޯނާއެވެ.  ފެކްސް  ނަންބަރަކީ، 6540041 އެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

14 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016
ހޯދާ