އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިޔު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ

އިޢުލާން

ޑަބްލިޔޫ މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ:

މި އިދާރާއިން އަންގާގޮތެއްގެ މަތިން ޑަބްލިއޫ މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމަށް ބޭނުންވެއެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 މާރިޗު 2016 ވާ ބުދަ ދުވަހުގެ 10:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތާއި އަގު ހުށަހެޅުމަށް އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސޮއިކޮށްފައިވާ ލިޔުމެއް ފޮނުވަންވާނެއެވެ. ފޮނުވާ އަންދާސީހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ޑަބްލިއު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

13 ޖުމާދަލްއޫލާ 1437

22 ފެބުރުވަރީ 2016
ހޯދާ