ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓު އެޅުމާގުޅޭ

އިޢުލާން

ބަށިކޯޓް އެޅުމާގުޅޭ

މި އިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް ބަށިކޯޓެއް އަޅަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީިހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީިހިސާބު ހުށަނާޅާ ފަރާތްތަކުގެ އަންދާސީިހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން ވިޔަސް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ވަޑައިގެންނެވި ބޭފުޅެއްކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ފޯން ނަންބަރު 6500034 އާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

13 ޖުމާދަލްއޫލާ 1437

22 ފެބުރުވަރީ 2016
ހޯދާ