ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
2 ކްލާސްރޫމް އަޅައިދޭނޭ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

2 ކްލާސްރޫމް އަޅައިދޭނޭ ފަރާތެއް ހޯދުން

މި ސްކޫލުގައި 2 ކްލާސްރޫމް އެޅުމަށް ބޭނުންވާ ތަކެތި ދިނުމުން 2 ކްލާސްރޫމް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ފެބުރުވަރީ 2016ވާ ހޯމަ ދުވަހުގެ 13:00 އަށް މި ސްކޫލް އޮފީހަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 މާރިޗު 2016ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭއްވޭ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ބިޑު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭގޮތަށް ސިޓީއެއް ފޮނުވަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016
ހޯދާ