އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:                       ސްކޫލް އެޑްމިނިސްޓްރޭޓަރ (އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ސްކޫލް މެނޭޖްމެންޓް، ކިޔަވައިދިނުމުގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމެންޓް)

ބޭނުންވާ އަދަދު:                  01

ރޭންކް:                       އެމް.އެސް 3

ކްލެސިފިކޭޝަން:                  އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:                      -/7035ރުފިޔާ

ސަރވިސް އެލަވަންސް:              -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                އއ.މާޅޮހު ސްކޫލް

ގިންތި:                       ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:        އއ.މާޅޮހު ސްކޫލް އޮފީސް، އއ.މާޅޮސް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސަރުކާރުގެ ފައިސާއާބެހޭ ޢާންމު ގަވާއިދުތަކާއި ހަމަތަކުގެ މަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުންގެންދެވޭގޮތް ބެލުމާއެކު، މިޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން

2- އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމާއެކު މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން

3- ސްކޫލް ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެ ގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ކުރުން

4- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން

5- ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން

6- ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ހިންގުމާއި އަދި އެކަންކަން ހަރުދަނާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން

7- ކިޔަވައިދިނުމާއި ސީދާ ގުޅުމެއް ނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން

8- ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކުގެ އެންމެހައި ކަންތައް ބެލެހެއްޓުން

9- ސްކޫލުގެ އެންމެހައި އިމާރާތްތައް މަރާމާތު ކުރުމާއެކު ބެލެހެއްޓުން

10- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން

11- ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން

ޝަރުތު:                                                 

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- މަޤާމާ ގުޅޭ ދާއިރާއިން ލިބިފައިވާ ތަޢުލީމީ ފެންވަރު

- ވަޒީފާއާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

- ޤާބިލުކަންހުރި މިންވަރު (އިންޓަރވިއު)

އިންޓަރވިއު ކުރުން

ހ. އިންޓަރވިއު އޮންނާނެ ތަނާއި ގަޑި މަޤާމަށް ކުރިމަތިލުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު އއ.މާޅޮހު ސްކޫލުންނާއި ސިވިސް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އއ.މާޅޮހު ސްކޫލަށް

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 1 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އއ.މާޅޮހު ސްކޫލުގެ ނަންބަރު 6660844 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ އއ.މާޅޮހު ސްކޫލުގެ މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

11 ފެބުރުވަރީ 2016
ހޯދާ