ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިއުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ކުލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ 

މަޤާމުގެ ރޭންކް:

MS3

ސެކްޝަން:

އެޑްމިން

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމް އޮތް އޮފީސް:

ޖަލާލުއްދީން ސްކޫލް / ހދ. ކުޅުދުއްފުށި

ވަޒީފާއަދާކުރަންޖެހޭ ތަނާއި ރަށް:

ޖަލާލުއްދީން ސްކޫލް / ހދ. ކުޅުދުއްފުށި

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ސްކޫލުގެ ބަޖެޓާއި، އެކިއެކި ފަންޑުތަކާއި، ބޭންކުގައި ހުޅުވާފައިހުންނަ ސްކޫލުގެ އެންމެހައި އެކައުންޓުތަކާއި، ސްކޫލަށް ވަދެ ނިކުންނަ ކޮންމެ ފައިސާއަކާބެހޭ އެންމެހައި ކަންތައްތައް، ސަރުކާރުގެ ފައިސާ ބެލެހެއްޓުމުގެ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާގޮތުގެމަތީން ރާވައި، ހިންގައި، ބެލެހެއްޓުން.

2. ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.

3. ސްކޫލުގެ އިދާރީ މުވައްޒަފުންގެ އެންމެހައި މަސައްކަތްތައް ގާތުން ބަލައި، އިޞްލާޙީ ފިޔަވަޅުތައް އެޅުން.

4. ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

5. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.

6. ސްކޫލުގެ އެންމެހައި އިމާރާތްތައް މަރާމާތުކުރުމާއި ބެލެހެއްޓުން.

7. ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން. 

8. އިމާރާތާއި ފަރުނީޗަރާއި އެހެނިހެން ތަކެތި މަރާމާތުކުރުމުގެ ކަންތައްތައް، ޕްރިންސިޕަލްގެ މަޝްވަރާއާއެކު ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ބެހެއްޓުމާއި، މަރާމާތު ނުކުރެވޭވަރުގެ ތަކެތި ނީލަމަށް ފޮނުވުން ނުވަތަ ނައްތައިލުން.

9. ސްކޫލުގެ ބަޖެޓާއި، މެއިންޓަނަންސާއި، އިދާރީ ކަންކަމާ ބެހޭގޮތުން އަންނަ ސިޓީއާއި ނޯޓްފަދަ ތަކެއްޗަށް، ޕްރިންސިޕަލްގެ މަޝްވަރާގެމަތިން ޢަމަލުކުރުން.

10. ސްކޫލްގެ ބަޖެޓާ ނުބެހޭ އެކައުންޓަތަކާއި، އާމްދަނީއަށް ލިބޭ ފައިސާގެ ކަންތައްތައް، ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ގަވާއިދާ އެއްގޮތަށް، މުވައްޒަފުންނާ ހަވާލުކޮށްގެން ބެލެހެއްޓެވުން.

11. ސްކޫލުން އެކި ފަރާތްތަކާއި، ކުރާ އެގްރީމަންޓް ތައްޔާރުކޮށް، އެއާ އެއްގޮތަށް މަސައްކަތްކުރޭތޯ ބަލައި ޗެކްކުރުން.

12. އެސް.އޭ.ޕީ ބޭނުންކޮށްގެން މުސާރައާއި ބިލްތައް ޕޯސްޓްކުރުން.

13. ސަރުދާރުންނާއި، މަސައްކަތު މީހުންނާއި، ވޮޗަރުންނާއި، ބަގީޗާ ބަލަހައްޓާ މީހުންގެ ޑިއުޓީ ބެލެހެއްޓުމާއި، އެމީހުންގެ މަސައްކަތްތައް ރަނގަޅަށް ކުރޭތޯ ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، މަސައްކަތަށް ފަރުވާކުޑަކޮށް މުވައްޒަފުންގެ އާންމު ގަވާއިދަށް ޙުރުމަތްތެރިކޮށް ނުހިތާނަމަ، ގަވާއިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

14. ސްކޫލުގައި އާދަވެގެން ކުރާ ކަންތައްތަކުގެ އިތުރުންވެސް، އެއްވެސްކަމެއް ކުރަން ޖެހިއްޖެނަމަ، ޕްރިންސިޕަލްގެ މަޝްވަރާއާއެކު އެކަމެއް ކުރަންޖެހޭ އެންމެ ހެޔޮގޮތުގައި ކަމާބެހޭ މުވައްޒަފުން ލައްވައި ކުރުވުން.

މަޤާމުގެ ޝަރުޠު:

  • އެޑްމިނިސްޓްރެޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • އެޑްމިނިސްޓްރެޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • އެޑްމިނިސްޓްރެޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • އެޑްމިނިސްޓްރެޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނުގެ މިންވަރު.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް، އިންޓަވިއު ފެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އިންޓަވިއުކުރަން ކަނޑައެޅިފައިވާ މުއްދަތާއި ތަން:

  • މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29 ފެބުރުވަރީ 2016 އާއި  6 މާރިޗު 2016 އާ ދެމެދު ޖަލާލުއްދީން ސްކޫލުގައެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު (ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު، މި ސްކޫލުގެ  އޮފީހުން  ލިބެން  ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން  ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޖަލާލުއްދީން ސްކޫލުގެ އޮފީހަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު، މި ސްކޫލުގެ 6528815 ނަންބަރު ފޯނާ ގުޅުމުން، އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 8 ޖުމާދަލްއޫލާ 1437

17 ފެބުރުވަރީ 2016
ހޯދާ