ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ކޯޓު އެޑްމިނިސްޓްރޭޓަރ
މަޤާމުގެ ރޭންކް: EX 1
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު / މާލެ،
މުސާރަ: -/8،835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)
ސަރވިސް އެލަވަންސް: -/2،000 ރުފިޔާ (ދެހާސް ރުފިޔާ)
ލިވިންގ އެލަވަންސް: -/2،700 ރުފިޔާ (ދެހާސް ހަތްސަތޭކަ ރުފިޔާ)
ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40
އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS4 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ކޯޓުގެ އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް، ކޯޓުން އާންމުންނަށް ދޭންޖެހޭ އެންމެހައި ޚިދުމަތްތައް ހަރުދަނާކަމާއެކު ހަލުއިކޮށް، ޚަރަދުކުޑަކޮށް، ދެވޭނެ އިންތިޒާމްތައް، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ހަމަޖެއްސުމާއި، އެކަންކަން ރާވައި، ހިންގައި، ބެލެހެއްޓުން.
- މުވައްޒަފުން މަސައްކަތަށް އަހުލުވެރިކޮށް، މުވައްޒަފުންގެ މެދުގައި ޚިދުމަތްދިނުމުގެ ރޫޙު އުފައްދައި، ހީވާގި މުރާލި ބައެއްގެގޮތުގައި ކޯޓުގެ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ މާޙައުލެއް ކޯޓުން ކަނޑައަޅާ އުޞޫލަކުން އުފައްދައިދިނުން.
- ކޯޓުން އިދާރީގޮތުން ނިންމާ ނިންމުންތަކަކީ ދެފުށްފެންނަ ޒިންމާދާރު ނިންމުންތަކެއްގެގޮތުގައި ހަދައި، ކޯޓުން ކަނޑައަޅާ އުޞޫލަކުން އެކަންކަން ހާމަކޮށްދިނުން.
- ކޯޓުގެ އިދާރީ އެންމެހައި ލިއެކިއުންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެކިތަންތަނަށް ކޯޓުން ފޮނުވަންޖެހޭ ލިޔެކިއުމާއި، ކޯޓު އަމުރުތައް ކޯޓުން ކަނޑައަޅާ އުޞޫލަކުން ރައްދުކުރުމާއި، ކައުންޓަރުން ދޭންޖެހޭ ޚިދުމަތްތައް ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ފޯރުކޮށްދިނުން.
- ކޯޓުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދެނެގަނެ، މުވައްޒަފުންގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރު އިތުރުކުރުން.
- ކޯޓުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމުގެ އިންތިޒާމްތައް، ކޯޓުން ކަނޑައަޅާ އުޞޫލަކުން ހަމަޖެއްސުމާއި، އެފަދަ ޕްލޭންތައް ތަންފީޒުކުރުން.
- ކޯޓުގެ މަސައްކަތުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން ވީ އެންމެ ބޮޑަކަށް ހިފޭނެ މަގު ފަހިކޮށްދީ، އެފަދަ ވަސީލަތްތައް ފޯރުކޮށްދިނުމާއެކު، މުވައްޒަފުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ހެދުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ދެނެގަނެ، ކޯޓުން ކަނޑައަޅާ އުޞޫލަކުން އެކަންކަން ކުރުން.
- މުވައްޒަފުންނާ ދޭތެރޭގައި އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އަޅައި، ކޯޓުން ކަނޑައަޅާ އުޞޫލަކުން އެކަންކަމާބެހޭ ރެކޯޑުތައް ބެލެހެއްޓުން.
- އެކި ފަރާތްތަކަށް ކޯޓުން ފޮނުވަންޖެހޭ އިދާރީ ލިޔުންތަކާއި، ފައިސާބެހޭ އެންމެހައި ލިއުންތަކުގައި ކުރަންޖެހޭ ސޮއިތައް ކުރުން (މިގޮތުން، ސޮއިކުރާނެ ލިއުންތަކުގެ ބާވަތްތައް ކަނޑައަޅާނީ އިސް ޤާޒީއެވެ.)
- ކޯޓުން ރެކޯޑު ސާފުކޮށްދޭންޖެހޭ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ އެންމެހައި ކަންކަން، ކޯޓުން ކަނޑައަޅާ އުޞޫލަކުން ހިންގައި ބެލެހެއްޓުން.
- ކޯޓުގެ އިންވެންޓްރީއާއި ސްޓޮކް، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާބެހޭ ގަވާއިދުތަކާ އެއްގޮތަށް ބެލެހެއްޓުން.
- ކޯޓުގެ އިމާރާތް މަރާމާތުކޮށް ސާފުކޮށް ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ކަމާގުޅޭ ޤަވާއިދުތަކާ އެއްގޮތަށް ރާވައި ހިންގުން.
- ކޯޓު ހުޅުވައި ލެއްޕުމުގެ އެންމެހައި ކަންތައްތައް، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ބެލެހެއްޓުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމުގެ އިންތިޒާމްތައް، ކޯޓުން ކަނޑައަޅާ އުޞޫލަކުން ހަމަޖައްސައި، އެ ހިސާބުތައް އާންމުކުރުމާއި، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- މިނޫނަސް، މުވައްޒަފުންނާބެހޭ އެންމެހައި ކަންކަމާއި، އިދާރީ ކަންކަމާއި، ފައިސާއާބެހޭ ކަންތައްތައް، ކޯޓުން ކަނޑައަޅާ އުޞޫލަކުން އިންތިޒާމްކޮށް ހިންގައި ބެލެހެއްޓުން.
ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:
ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭ ފޯމު.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ ޓްރާންސްކްރިޕްޓާއެކު (އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯކޮޕީ.
- ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ރޭންކާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި:
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ކޯޓަށް ހުށަހެޅުން އެދެމެވެ.
ނޯޓް: މިއީ ސިވިލް ކޯޓުގެ ނަންބަރު: 144-A/2016/33 އިޢުލާނާ ގުޅިގެން ކޯޓު އެޑްމިނިސްޓްރޭޓަރގެ މަޤާމަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައިވާނުވާތީ، އަލުން ކޮށްފައިވާ އިޢުލާނެކެވެ.
އިތުރު މަޢުލޫމާތު:
- މި މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު، ސިވިލް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
8 ޖުމާދަލްއޫލާ 1437