ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ، ޑްރައިވަރ، ޑިއުޓީ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް)

ވަޒީފާގެ ދާއިރާ:       

ރީޖަނަލް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/10,150-ރ. އާއި -/20,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

އިލެކްޓްރިކަލް އިންޖިނިއަރިންގގެ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ/ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، ދާއިރާއާގުޅޭ މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ރީޖަނަލް ރަށްތަކުގައި ކުރަން ހުންނަ އިލެކްޓްރިކަލް މަސައްކަތްތައް ޝެޑިއުލް ކުރުމާއި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.
  • މަސައްކަތަށް ބޭނުންވާ ޓޫލްސްއާއި ސްޕެއަރތަކަށް އޯޑަރކުރުން.
  • އިންޖީނުތަކާއި، ކޮންޓްރޯލް ޕެނަލް އަދި ފީޑަރ، ޕެނަލް، ޓްރާންސްފޯމަރ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުން.
  • އިންޖީނުތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.
  • ޕެނަލްތައް އިންސްޓޯލް ކުރުމާއި، ކަމިޝަންކުރުން.

މަޤާމު:

ޑްރައިވަރ

ވަޒީފާގެ ދާއިރާ:       

ޓްރާންސްޕޯޓް އެންޑް މެއިންޓަނަންސް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5600ރ އާއި -/10,000ރ އާ ދެމެދު

ފެންވަރު ނުވަތަ ޝަރުޠު:   

  • ބޭރުގައި އިންޖީނުއެޅި ކަނޑުދުއްވާ (10 މޭލަށް ވުރެން ބާރަށް ދުވާ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން
  • އެތެރޭގައި އިންޖީނުއެޅި (10 މޭލަށްވުރެ ބާރަށް ދުވާ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.
  • މަޤާމުގެ މަސްއޫލިއްޔަތު އަދާކުރޭވޭ ފަދަ މިންވަރަށް އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކުންފުނީގެ ލޯންޗް / ދޯނި ދުއްވުން.

މަޤާމު:

ޑިއުޓީ އޮފިސަރ

ވަޒީފާގެ ދާއިރާ:       

މެނޭޖިންގ ޑައިރެކްޓާރސް ބިއުރޯ

ބޭނުންވާ އަދަދު:

02

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740-ރ އާއި -/12,000ރ އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ގްރޭޑް 7 ގެ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު ދާއިރާއާގުޅޭ 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. އަދި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭ ފަދަ މިންވަރަށް ޢުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ޑިއުޓީ އުސޫލުން ސެކިއުރިޓީ ބެލެހެއްޓުން.

މަޤާމު:

ޑިއުޓީ އޮފިސަރ

ވަޒީފާގެ ދާއިރާ:       

ވިލިނގިލީ އަވަށު އިންޖީނުގެ

ބޭނުންވާ އަދަދު:

04

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740-ރ އާއި -/12,000ރ އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ގްރޭޑް 7 ގެ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު ދާއިރާއާގުޅޭ 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. އަދި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭ ފަދަ މިންވަރަށް އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ޑިއުޓީ އުސޫލުން ސެކިއުރިޓީ ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

2016 ފެބުރުވަރީ 29 ވަނަ ދުވަހުގެ 15.00 ގެ ކުރިން

މި މަޤާމުތަކަށް  ޝަރުޠު ހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓުފިކެޓުތަކާއި ވަޒީފާގެ ތަޖުރިބާއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދެވޭނެއެވެ.

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސްދުވަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ.

މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވައި ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެ ތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 2016 ފެބުރުވަރީ 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު މި ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއެވެ.

09 ޖުމާދަލްއޫލާ 1437

18 ފެބުރުވަރީ 2016
ހޯދާ