ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

އިއުލާން

ޕްރިންޓަރ

މަޤާމު

1(އެކެއް)

ބޭނުންވާ އަދަދު:

އެސް އެސް 3

ރޭންކް

ސަޕޯޓް ސްޓާފް ގްރޭޑް 3

ކުލެސިފިކޭޝަން

ދާއިމީ

މަޤާމުގެ ގިންތި:

އިދާރީ

ޑިވިޝަން

ބިލެތްފަހީ ސްކޫލް އޮފީސް

އޮފީސް

ބިލެތްފަހީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން

މަހަކު -/3875ރ

މުސާރަ

މަހަކު -/1000ރ

ސަރވިސް އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރުގަޑީ ފައިސާ

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ފެންވަރު ނުވަތަ ޝަރުޠު

 

1- ހާސިލު ކޮށްފައިވާ ތަޢުލީމާއި ތަމްރީން

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް އިންޓަވައު ކުރެވޭނެއެވެ. އިޢުލާނުގެ މުއްދަތު ހަވަމާ ތާރީޚުން ފެށިގެން ތިން ހަފުތާގެ ތެރޭގައި އިންޓަވިއު އޮންނާނެއެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަނާއި ގަޑި، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނަ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ.  އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އިންޓަވިއުކުރުން

1- ސްކޫލުގައި ދުވަހުން ދުވަހަށް ޗާޕުކުރަންޖެހޭ ވާރކްޝީޓުތަކާއި ޔުނިޓް ޓެސްޓާއި ޓާމް ޓެސްޓް އަދި އެހެނިހެން ޑޮކިއުމަންޓްތައް ޕްރިންޓުކުރުން

2- ސްކޫލުގައި ޕްރިންޓްކުރެވޭ ވާރކްޝީޓްތަކާއި ޔުނިޓް ޓެސްޓްތަކާއި ޓާމް ޓެސްޓް އަދި އެހެނިހެން ޑޮކިއުމަންޓްތައް ޕްރިންޓްކުރުމަށްފަހު އެ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރެވެންދެން ރައްކާތެރިކަމާއެކު ބެލެހެއްޓުން

3- ސްކޫލުގައި ޕްރިންޓްކުރެވޭ ވާރކްޝީޓްތަކާއި ޔުނިޓް ޓެސްޓާއި ޓާމް ޓެސްޓް އަދި އެހެނިހެން ޑޮކިއުމަންޓުތަކުގެ ރިކޯޑު ބެލެހެއްޓުން

4- ސްކޫލުގައި ޕްރިންޓްކުރެވޭ ވާރކްޝީޓްތަކާއި ޔުނިޓް ޓެސްޓާއި ޓާމް ޓެސްޓް އަދި އެހެނިހެން ޑޮކިއުމަންޓުތައް ޕްރިންޓްކުރުމަށް ބޭނުންވާ ކާޓްރިޖާއި ދެލި ފަދަ ތަކެތީގެ ރިކޯޑު ބެލެހެއްޓުން

5- ސްކޫލުގައިވާ ޕްރިންޓް ކުރުމާބެހޭ އެންމެހައި މެޝިނަރީއާއި އިކުއިޕްމަންޓްސް މަރާމާތު ކުރުމަށް އެދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން

6- އިދާރީ ކަންކަމުގައި ސްކޫލުގެ ވެރިންނާއި މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުން

މަޤާމުގެ މަސްއޫލިއްޔަތު

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބިލެތްފަހީ ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

1- ސިވިލް ސާރވިސް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސްކޫލުގެ އޮފީހުންނާއި ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. )

2- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ އަދި އެހެނިހެން ސެޓްފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)

3- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ ފަދަ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް (ޚިދުމަތްކޮށްފައިވާ މުއްދަތު ބަޔާންކޮށްފައިވާ)

4- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ކޮޕީ

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ ސާފު ފޮޓޯކޮޕީއެއް)

6- ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ގުޅޭނެ ނަންބަރާއެކު

7- ސިވިލްސާރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތް ކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

8- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މީހެއް ނަމަ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.

ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާންގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. ލިޔުމުގައި މުއްދަތު/ ތާރީޚުތައް ބަޔާންކޮށްފައި ވާންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް އެޓެސްޓްކުރާނީ އިންޓަވިއުކުރާ ފަރާތްތަކުގެ އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ސެޓްފިކެޓުތަކާއި ލިޔުންތައް އެޓެސްޓްކުރުން

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ ސަރުކާރުގެ އޮފީސްތައް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ދެމެދު މި ސްކޫލުގެ އިދާރާގެ 6540580 ފޯނަށް ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރަސްމީގަޑީގައި މި ސްކޫލުގެ އިދާރާއަށް ވަޑައިގެންނެވުމުންވެސް މަޢުލޫމާތު ސާފޮކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ ޢަމަލުކުރަންވީ ގޮތް

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

8 ޖުމާދަލްއޫލާ 1437

17 ފެބުރުވަރީ 2016
ހޯދާ