ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތައް މަރާމާތުކޮށް ބެލެއްޓުމާ ބެހޭ

އިޢުލާން

2016 ވަނަ އަހަރު މަގުބައްތިތައް މަރާމާތުކޮށް ބެލެއްޓުމާބެހޭ:

މިރަށު މަގުތަކާއި ބަނދަރު ސަރަޙައްދުގައި ޖަހާފައިވާ މަގުބައްތިތައް 2016 ވަނަ އަހަރުގެ ނިޔަލަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ކަމާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ 07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާއަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ބޭފުޅުންނާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

06 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016
ހޯދާ