މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮސެސިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ, ތިރީގައިމިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާގާމު:

ޕްރޮސެސިންގ އޮފިސަރ

ބޭނުންވާ ޢަދަދު

100

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޅ.ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މަސްކާރުޚާނާ

އަސާސީ މުސާރަ:

-/3320 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

ހުރުމާއި ކެއުން ފެލިވަރުގައި ހަމަޖެހޭނެއެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ފެލިވަރުން ފެރީގެ ޚިދުމަތް ދެވޭ ރަށްރަށުގެ ފަރާތްތަކަށް ރަށަށް ދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން އެހެނިހެން ރަށްރަށުގެ ފަރާތްތަކަށްވެސް ރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މަސްދަޅު އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ޝަރުޠު:

އަންހެނެއް ކަމުގައިވުން. އަދި މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ހުރުމާއެކު ގިނަވަގުތު މަސައްކަތް ކުރެވޭނޭ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.

މަތީގައި ދެންނެވިފައިވާ މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރުގަޑީގައި މަސައްކަތް ކުރުމުން އިތުރުގަޑީގެ ފައިސާއާއި ކަނޑައެޅިފައިވާ އުސޫލުން ބޯނަސް ލިބިދެވޭނެއެވެ.   

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.    

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ އާއެކު ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 އެކްސްޓެންޝަން-201 އަށް ގުޅުއްވުން އެދެމެވެ.

2 ޖުމާދަލްއޫލާ 1437

11 ފެބުރުވަރީ 2016
ހޯދާ