ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

1. މަޤާމުގެ ނަމާއި ރޭންކާއި ކްލެސިފިކޭޝަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ދާއިމީ )/ ޖީ.އެސް 4 / އޮފިސަރ ގރ.2

2. މުސާރައާއި އިނާޔަތްތައް.   

  މުސާރަ މަހަކު -/5020 ރުފިޔާ، ސަރވިސް އެލަވަންސް މަހަކު: -/1500 ރުފިޔާ

  އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

3. ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން: ނެއްލައިދޫ ސްކޫލް، އިދާރީ ސެކްޝަން، ހދ.ނެއްލައިދޫ.

4. މަޤާމުގެ މަސްއޫލިއްތާއި ވާޖިބުތައް (ޚުލާޞާ)

  * ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

  * މުވައްޒަފުންގެ އަހަރީ ޗުއްޓީއާއި ސަލާމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

  * މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

  * އެގްރީމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

  * އެންޓްރީ ކުރުމާއި ސިޓީ، މެސެޖު ޔައުމިއްޔާ ފަދަ ތަކެތި ލިޔުމާއި އެ ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓުން.

  * ސްކޫލަށް ކުއްޔަށް ހިފާ ތަންތަނާއި ތަކެއްޗާއި އަންދާސީހިސާބުގެ އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި އަނބުރާ ގެނައުމުން އެތަކެތި ބަލައިގަނެ އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

  * އިދާރީ ކަންތައްތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.

  * ސްކޫލުގެ ރަސްމީ ދަތުރުތަކުގައި ރަށުން ބޭރަށް ދިޔުން.

  * ސްކޫލަށް ގެންނަންޖެހޭ މުދާ، ޓެކްސްޓްފޮތާއި ގޮނޑި، ޑެސްކު، މޭޒު ފަދަ ތަކެތި ގެނައުމަށް ރަށުން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

  * ކިޔެވުމާ ގުޅޭގޮތުން ދަރިވަރުންނާއި ޓީޗަރުން އިންތިޒާމުކުރާ ތަޖުރިބާ ދަތުރުތަކުގައި ސްކޫލުން ހަމަޖައްސާ ކޯޑިނޭޓަރެއްގެ ގޮތުން އެދަތުރުތަކުގައި ބައިވެރިވުން.

5. މަޤާމުގެ ޝަރުޠުތައް.

   1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

     ނުވަތަ

   2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން.

     ނުވަތަ

   3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

6. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

  * ތަޢުލީމާއި ތަމްރީނު

  * މަސައްކަތުގެ ތަޖުރިބާ

  * ލިބިފައިވާ ހުނަރު

7. އިންޓަރވިއު

  1. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އޮންނާނީ 2016 ފެބުރުވަރީ 22 ން 25 އާ ދެމެދުގެ ތާރީޚެއްގައި ނެއްލައިދޫ ސްކޫލްގައެވެ.

8. މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

  1. މިމަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ސްކޫލް އިދާރާއަށް ހުށަހެޅުއްވުން، މިފޯމު ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

  2. 2016 ފެބުރުވަރީ 22 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ ލިޔެކިޔުންތަކާއެކު ވަޒީފާއަށް އެދޭ ފޯމު ހުށަހަޅަންވާނެއެވެ.

    (ހ) ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

    (ށ) ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ލިޔުންތަކާއި (އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ) މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

    (ނ) ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)، ވަނަވަރު ތައްޔާރުކުރަންވާނީ ދިވެހިބަހުންނެވެ.

9. އިތުރު މަޢުލޫމާތު ހޯއްދެވުމަށް:  ފޯން އަދި ފެކްސް: 6520534

11 ފެބުރުވަރީ 2016
ހޯދާ