މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ފެމެލީ ހެލްތު ވޯރކަރުން ރަޖިސްޓަރީ ކުރުމާބެހޭ

އިޢުލާން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ފެމެލީ ހެލްތު ވޯރކަރުން ރަޖިސްޓަރީ ކުރުމާބެހޭ

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ފެމެލީ ހެލްތު ވޯރކަރުން ރަޖިސްޓަރީ ކުރުމަށް ވަނީ ނިންމަވާފައެވެ. މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި މިހާރުވެސް ރަޖިސްޓަރީވެފައިވާ ފެމެލީ ހެލްތު ވޯރކަރުން މި ކައުންސިލުގައި ރަޖިސްޓަރީވުމަށް ހުށަހަޅުއްވާނީ، ފުރިހަމަކުރައްވާފައިވާ ކައުންސިލުގެ އެޕްލިކޭޝަން ފޯމާއި ކުރީގެ ރަޖިސްޓަރޭޝަން ސެޓްފިކެޓާއި، އައި.ޑީ.ކާޑު ނުވަތަ ޕާސްޕޯޓް ކޮޕީއާއި ޕާސްޕޯޓް ސައިޒުގެ 3 ފޮޓޯއެވެ. އަދި އަލަށް ރަޖިސްޓަރީވުމަށް ހުށަހަޅުއްވާއިރު ފުރިހަމަކުރައްވާފައިވާ ކައުންސިލްގެ އެޕްލިކޭޝަން ފޯމާއި އެ ފޯމުގައި ހިމެނޭ ލިޔެކިޔުމާއި ޕާސްޕޯޓް ސައިޒުގެ 3 ފޮޓޯ ހުށަހަޅުއްވަންވާނެއެވެ.

ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު (ނަންބަރު: 13/2015) ގައިވާ ގޮތުގެ މަތިން އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަށް މަސައްކަތް ކުރެވޭނީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީ ވުމަށްފަހުގައެވެ. ވިމާ، ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ ހުރިހާ ފެމެލީ ހެލްތު ވޯރކަރުން 29 ފެބުރުވަރީ 2016 ގެ 14:00 ގެކުރިން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓަރީވުމަށް އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

އެޕްލިކޭޝަން ފޯމު ހެލްތު މިނިސްޓްރީގެ ވެބްސައިޓު www.health.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

5 ޖުމާދަލްއޫލާ 1437
14 ފެބުރުވަރީ 2016
ހޯދާ