ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ބާވަތް:

ދާއިމީ  

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ އޮފީސް:

ޢިމާދުއްދީން ސްކޫލް

މަސައްކަތްކުރަންޖެހޭ ރަށް:

ކ. މާލެ

މަޤާމުގެ މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ 

މަޤާމުގެ ޝަރުޠުތައް:

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއްް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:

1- ސްކޫލުގެ ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތައް ރާވައި ހިންގުމަށް މަގުފަހިކޮށްދިނުން.

2- ކޮންމެ އަހަރެއް ނިމުމުގެ ކުރިން ކުރިއަށްއޮތް 3 އަހަރުދުވަހަށް ލަފާކުރާ ބަޖެޓް ހެދުމަށްފަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފޮނުވަން އަންގާފައިވާ ތާރީޚަށް ފޮނުވަމުންގެންދޭތޯ ބަލައި ޗެކްކުރުން.

3- ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކޭޝްފުލޯ ހަދާފައި ފޮނުވަމުންދޭތޯ ޗެކްކުރުން.

4- ކޮންމެ އަހަރެއްގެ ބިލުތައް އެ އަހަރެއްގެ ބަޖެޓުން އަދާކޮށް ނިންމުމާއި، މައްސަލައެއް ދިމާވެއްޖެނަމަ ޕްރިންސިޕަލާ މަޝްވަރާކުރުމަށްފަހު ނިންމުން.

5- ކޮންމެ އަހަރެއްގެ ބަޖެޓް ލިބުމުން، ކޯޑްތަކުގެ ފައިސާހުރިތޯ ބަލައި ޗެކްކޮށް، ފައިސާ މަދުވާ ކޯޑްތަކަށް ފައިސާ ހޯދުން.

6- ދަރިވަރުންނަށް ދެވޭ ޒަމާނީ ތަޢުލީމާ ގުޅޭގޮތުން ހޯދަންޖެހޭ ތަކެތި ހޯދައި، ކަމާގުޅޭ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދޭތޯ ޗެކްކުރުން.

7- ކޮންމެ މަހެއްގެ 15 ވަނަ ދުވަހުން ފެށިގެން މުސާރައިގެ ކަންތައް ކުރިއަށްދޭތޯ ބަލައި، 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވަމުން ގެންދޭތޯ ޗެކްކުރުން.

8- ބަޖެޓާ ގުޅުންހުރި އެކައުންޓްތައްކަމުގައިވާ އާމްދަނީ، ވަގުތީ އަދި ތިޖޫރީ ރިޕޯޓުތައް ޤަވައިދުން ފޮނުވަމުން ގެންދޭތޯ ބަލައި ޗެކްކުރުން.

9- ސްޓޮކުން ވެއްދޭ ތަކެއްޗާއި، ދޫކުރެވޭ ތަކެތި ސްޓޮކްބާކީ ފޮތުގައި ޤަވައިދުންލިޔެ ސޮއިކުރެވިފައިވޭތޯ ބަލައި ޗެކްކުރުން.

10- އިންވެންޓްރީ ޤަވައިދުން ޗެކްކުރުން.

11- ސްކޫލުގައި ކުރަންޖެހޭ މެއިންޓަނެންސް މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ކަމާގުޅޭ މުވައްޒަފުންނާ ހަވާލުކުރެމާއި، އެ މަސައްކަތްތައް ފުރިހަމަކުރަމުން ގެންދޭތޯ ބަލައި ޗެކްކުރުން.

12- ކޮންމެ އަހަރަކުވެސް ސްކޫލަށް ލިބޭ ބަޖެޓުން އަހަރުދުވަހަށް ވާނޭހެން ޚަރަދުތައް ކޮންޓްރޯލްކޮށް ބެލެހެއްޓުން.

13- އިދާރީ ކަންތައްތައް އިސްވެރިއެއްގެ ހައިސިއްޔަތުން ބެލުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

* މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 2 ހަފްތާގެ ތެރޭގައި ބޭއްވޭނޭއެވެ.

* މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

* އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

* ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

* ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.

* ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައިއޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 22 ވާ ހޯމަދުވަހުގެ މެންދުރުފަހު 14.00 އެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3315759 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

30 ރަބީޢުލްއާޚިރު 1437

09 ފެބުރުވަރީ 2016
ހޯދާ