ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
މެއިންޓަނަންސް މެނޭޖަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
މެނޭޖަރ
|
މުސާރަ އާއި އިނާޔަތްތައް
|
-/20,000 ރުފިޔާއާއި -/25,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)
|
ބޭނުންވާ އަދަދު
|
01
|
ޝަރުތު
|
- އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނުގަނޑު ލެވެލެ 8 ހާސިލުކޮށްފައިވުމާއެކު، އިންޖިނިއަރިންގ ނުވަތަ މެއިންޓަނަންސާ ގުޅުން ހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނުގަނޑު ލެވެލެ 7 ހާސިލުކޮށްފައިވުމާއެކު، އިންޖިއަރިންގ ނުވަތަ މެއިންޓަނަންސާ ގުޅުން ހުރި ދާއިރާއަކުން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނުގަނޑު ލެވެލެ 6 ހާސިލުކޮށްފައިވުމާއެކު، އިންޖިނިއަރިންގ ނުވަތަ މެއިންޓަނަންސާ ގުޅުން ހުރި ދާއިރާއަކުން 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕަރޭޝަނުގައި ބޭނުންކުރާ އުޅަނދުތަކަށް ބޭނުންވާ މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް ވަކި ތާވަލެއްގެ ދަށުން ކުރުމާއި ކޯޕަރޭޝަންގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ބޭނުންވާ މެޝިންތަކާއި އާލާތްތަކާއި ވަސީލަތްތައް ބެހެއްޓުން،
- ކޯޕަރޭޝަނަށް ބޭނުންވާ ވޯކްޝޮޕްތަކާއި އިމާރާތްތަކާއި އަދި އެހެނިހެން ވަސީލަތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމާއި ކޯޕަރޭޝަންގެ ސްޕެއަރ އިންވެންޓްރީ ބެލެހެއްޓުން،
- މެއިންޓަނަންސާ ގުޅުންހުރި ސިޔާސަތުތައް އެކުލަވައިލުމާއި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ވަސީލަތްތަކާއި ބޭނުންކުރާ އާލާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުން
- ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދާއި މެޝިންތަކާއި އެހެނިހެން އާލާތްތަކާއި ވަސީލަތްތައް އިންސްޕެކްޓް ކުރުމާއި އަދި ބޭނުންކުރެވޭ ފަދަ ރަނގަޅު ހާލަތެއްގައި ހުރިތޯ ޔަގީންކުރުމާއި ލޮގް ބެލެހެއްޓުން
- ކޯޕަރޭޝަން ހިންގުމުގައި ބޭނުންވާ ޕްލޭންތައް ތައްޔާރުކުރުމާއި އެ ޕްލޭންތައް ތަރައްޤީ ކުރުމާއި ތަންފީޒުކުރުމުގައި ޚަރަދުކުޑަ ލުއިފަސޭހަ އުސޫލުތަކެއްގެ ބިނާކުރުމާއި އަދި ހިންގުން ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން
- މުވައްޒަފުންނަށް މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ އިރުޝާދު ދިނުމާއި އަދި މުވައްޒަފުން ތަމްރީން ކުރުމާއި ކޯޕަރޭޝަންގެ ސިޔާސަތުތަކާއި އިޖުރާތުތައް ބުނެދިނުން
- މެއިންޓަނަންސްގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޑިޕާޓްމަންޓްތަކުގެ އިސްބޭފުޅުންނާއި މަޝްވަރާކުރުމާއި، މެޝިންތަކާއި އެހެނިހެން ވަސީލަތްތައް ގިނަ ދުވަހަށް މަސައްކަތްކުރުމަށް/ ބެހެއްޓުމަށް/ ގެންގުޅުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން
- މެއިންޓަނަންސަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓް ހޭދަވާގޮތް މޮނިޓަރކުރުން
- ވެއަރ ހައުސްގައި ބޭނުންކުރާ ތަކެތި ކަނޑައެޅިފައިވާ ވަކި ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި އަދި ވެއަރ ހައުސްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ގޮތަކަށް ކަންތައްތައް ރޭވުން
- ކޯޕަރޭޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ބޭނުންވާ މަސައްކަތު މާހައުލު ޤާއިމުކުރުމަށް މަސައްކަތް ކުރުމާއި ކޯޕަރޭޝަންގެ ލަނޑުދަނޑިތަކާއި އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.
- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ) ކޮޕީ،
- ޕޮލިސް ރިޕޯޓު (ނެގި ފަހުން 03 މަސް ހަމަނުވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
ސުންގަޑި:
|
2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މައި އޮފީސް - ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް - ނަންބަރު 3000581 / 7584070 އަށް ގުޅުއްވުން އެދެމެވެ.
|
01 ޖުމާދަލްއޫލާ 1437
|