މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓަންޓް މެނޭޖަރ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު އަދި އިޚުލާޞްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމު:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް ޑިވެލޮޕްމަންޓް ސެކްޝަން / އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބޭންކިންގ އެންޑް ފައިނޭންސް ނުވަތަ މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބޭންކު ނޫން ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް ލައިސަންސް ދިނުމާއި ރެގިއުލޭޓް ކުރުމާއި ޕޭމަންޓް ސިސްޓަމްތައް ރެގިއުލޭޓް ކުރުން. އަދި މި ފަދަ އިންސްޓިޓިއުޝަންތައް ސުޕަރވައިޒު ކުރުމާއި ޕޭމަންޓް ސިސްޓަމްތަކާއި އިންސްޓްރޫމަންޓްތަކުގެ މަސައްކަތްތައް ބެލެހެއްޓުން.
  • ބޭންކު ނޫން ފައިނޭންޝަލް އިންސްޓިޓިއުޝަންސްތައް ރެގިއުލޭޓްކޮށް ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެ ދިނުން.

ހުނަރުވެރިކަން: 

  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަޢުލޫމާތު އެއްކޮށް ދިރާސާކޮށްގެން ރިޕޯޓު ލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން
  • އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

29 ރަބީޢުލްއާޚިރު 1437

09 ފެބުރުވަރީ 2016
ހޯދާ