ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓާ ގުޅޭ

އިޢުލާން

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓާ ގުޅޭ

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ކުޅިވަރު އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ފުވައްމުލަކު މިސްކިތްމަގުގައި ގާއިމުކުރެވޭ ނެޓްބޯޅަ ކޯޓުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، ނެޓްބޯޅަ ކޯޓުގެ މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 13:15 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސްތަކުގައި މިސްކިތްމަގު ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ ވާހަކަ ދެންނެވީމެވެ.   

24 ރަބީއުލްއާޚިރު 1437

03 ފެބުރުވަރީ 2016
ހޯދާ