ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން އެއް އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން އެއް އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS26/IUL/2015/30(16 އޮގަސްޓް 2015) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތު ޝީޓަށް ބަދަލު ގެނެސްފައިވާތީ، ހުށަހެޅިފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 14 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހު 10:30އަށް އަންދާސީހިސާބު މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބިޑް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނީ ތިރީގައިމިވާ މިންގަނޑުތަކަށެވެ.

- މަސައްކަތުގެ އަގު:  70 ޕޮއިންޓް            

- ތަޖުރިބާއަށް:  18 ޕޮއިންޓް (ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްފައިވާ ކޮންމެ އަހަރަކަށް 6 ޕޮއިންޓް، ގިނަވެގެން 3 އަހަރަށް)                  

- ތަމްރީނު ލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް 12 ޕޮއިންޓް (6 މީހުންނާ ހަމައަށް މީހަކަށް 2 ޕޮއިންޓް)

24 ރަބީޢުލްއާޚިރު 1437

03 ފެބުރުވަރީ 2016
ހޯދާ