ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން

ވެރިފަރާތް ހޯދުން:

ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމުގެ ގޮތުން ކުރިޔަށްދާ މަޝްރޫޢުގެ އާރް.އޯ ޕްލާންޓް ގާއިމުކުރާ ސަރަހައްދު: ފަޔަރ ސްޓޭޝަނާއި ފީނދިފަންނުމަގާ ދެމެދު އެމް.އާރު.ޑީ.ސީގެ ބިތްދޮށުން ޖަމާލުއްދީން ނައިބު ތުއްތު މަގާ ދެމެދުވާ ސަރަހައްދުގައި ހުރި ރުއްގަހުގައި މި ކައުންސިލްގެ ފަރާތުން ވަނީ ނަންބަރު ޖަހާފައެވެ.

ވީމާ، މި ސަރަހައްދުގައިވާ ތަކެތީގެ ވެރިފަރާތްތަކުން ރުއް، ނުވަތަ ގަހުގައިވާ ނަންބަރު ބަޔާންކޮށް، އެކަން ލިޔުމަކުން މި ކައުންސިލަށް 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ހުށަހެޅުމަށް ދެންނެވީމެވެ.

24 ރަބީޢުލްއާޚިރު 1437

03 ފެބުރުވަރީ 2016
ހޯދާ