މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީގެ ސްޓޮކަށް ބޭނުންވާ ތަކެތި އެއް އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

 މި މިނިސްޓްރީގެ ސްޓޮކަށް ބޭނުންވާ ތަކެތި އެއް އަހަރުދުވަހުގެ މުއްދަތަކަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/1/2015/309  އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ، މި މިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ތަކެތި އެއް އަހަރުދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

- ޓޯނަރ އަދި ކާރޓްރިޖް

- ފޮޅައި ސާފުކުރުމަށް ބޭނުންވާ ތަކެތި

- ސްޓޭޝަނަރީ

- އެހެނިހެން ތަކެތި

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

28 ރަބީޢުލްއާޚިރު 1437
07 ފެބުރުވަރީ 2016
ހޯދާ