ދިވެހިރާއްޖެ
އިޢުލާން
ކުނަހަންދޫ މަގުތަކުގައި ހުރި ރުއްގަސްތަކާބެހޭ
މިރަށު މަގުތައް ހެދުމަށްޓަކައި އެމަގުތަކުގައިހުރި ރުއްގަހަށް ބަދަލުދީ، އެއަށްފަހު މަގަކަށް ހެދުމަށްޓަކައި ރުއްގަސް ކެނޑުމަށްފަހު އެމަގުތައް ރަސްމީ މަގުތަކަކަށް ހެދުމަށްފަހު، އެމަގުތަކުގައި ޢާންމުންގެ ބައެއް މީހުން އެމަގުތަކުގައި ރުއްގަސް އިންދަމުންގެންދާކަން މިކައުންސިލަށް އެނގުމާ ގުޅިގެން އެފަދަ ގޮތްގޮތަށް ކަންތައްތައް ނުކުރުމާއި، އަދި އެގޮތަށް އިންދާފައިވާ ރުއްގަސް ނަގައި މަގުތައް އަމާންކަންމަތީ ބާއްވަން މިކައުންސިލުން ބޭނުންވާތީ އެފަދަ ކަންކަން ނުކުރުމަށް މިކައުންސިލްގެ ނަންބަރު A/2014/12-ފ405 (01 އެޕްރީލް 2014) އިޢުލާނާއި، ނަންބަރު A/2015/24-ފ405 (03 އޮގަސްޓު 2015) އިޢުލާނުން ތަކުރާރުކޮށް އިންދާފައިހުރި ތަކެތި ނެގުމަށް ވާނީ ދެންނެވިފައެވެ.
ވީމާ، ރަށުގެ އިޖްތިމާޢީ މަގުތަކުގައި އިންދާފައިހުރި ރުއްގަސްތައް 10 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ނަގައި ނިންމަވައިދެއްވުން އެދި ދެންނެވީމެވެ.
މިމުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ އެފަދަ ރުއްގަހާމެދު ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
22 ރަބީޢުލްއާޚިރު 1437