އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިއުލާން

އދ. އޮމަދޫ ކައުންސިލް އިދާރާގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1. އދ. އޮމަދޫ ކައުންސިލް އިދާރާގައި ނޯޓިސްބޯޑެއް ހެދުން (އަމިއްލަ ތަކެތީގައި)

2. އދ. އޮމަދޫ ކައުންސިލް އިދާރާގައި ބައެއްދޮރާއި ދޮރުފަތްޖެހުން (އަމިއްލަ ތަކެތީގައި)

3. އދ. އޮމަދޫ ކައުންސިލް އިދާރާގެ ކުލައާއި ދަވާދު އާކުރުން. (އަމިއްލަ ތަކެތީގައި)

4. އދ. އޮމަދޫ ކައުންސިލް އިދާރާގެ ބައެއް ކަތިފިލާ ބެއްދުމާއި ދޮރުފޮތި ހަރުކުރުން. (އަމިއްލަ ތަކެތީގައި)

5. އދ. އޮމަދޫ ކައުންސިލް އިދާރާ އޭ ސީ ކުރުން. (އަމިއްލަ ތަކެތީގައި)

6. އދ. އޮމަދޫ ބޯޅަގޭގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުން. (އަމިއްލަ ތަކެތީގައި)

7. އދ. އޮމަދޫ އެދުރުގޭ ގޯތިތެރޭގައި ޢިމާރާތްކުރާ 04 ކޮޓަރީގެ ޢިމާރާތުގެ ފައުންޑޭޝަން އެޅުމާއި, މުޑިތައް ޖެހުމާއި, މަތީބެރި ރޭނުމުގެ މަސައްކަތް ކުރުން. (ތަކެތި ދީގެން)

މަތީގައި ބަޔާން ކޮށްފައިވާ 07 މަސައްކަތުގެ ތެރެއިން މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 10 ވާ ބުދަ ދުވަހުގެ 13:00 ގައި އދ. އޮމަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން އދ. އޮމަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށްވެސް ބަދަލުގައި މީހަކު ފޮނުއްވާނަމަ ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއި އައިޑީކާޑުގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ ގެންނަވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ފެބުރުވަރީ 2016
ހޯދާ