މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބޭސްތަކެއް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކުރުން

އިޢުލާން

ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ޓެސްޓް ކުރުމުގެ މަސައްކަތް މިއޮތޯރިޓީއިން ވަނީ ފަށާފައެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި އެސެންޝިއަލް މެޑިސިން ލިސްޓްގައި ހިމެނޭ ބޭސްތަކުގެ ތެރެއިން އާންމުކޮށް ބޭނުން ކުރާ ބޭސް ރެންޑަމްކޮށް ނަގައި ވަނީ ޓެސްޓް ކުރެވިފައެވެ. އޭގެ ތެރެއިން ތިރީގައި ދެންނެވިފައިވާ ބޭސްތައް ތަޙުލީލުތަކުން ފެއިލް ވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކާތީ، އެ ބޭސްތަކުގެ ދެންނެވިފައިވާ ބެޗްތައް ނުވިއްކުމަށް ދެންނެވީމެވެ.

މިކަން އިތުރަށް ބަލައި އިންވެސްޓިގޭޓްކޮށް ވަކި ގޮތަކަށް ނިމެންދެން ދެންނެވިފައިވާ  ބްރޭންޑްތަކުގެ އިތުރު ސްޓްރެންތްތަކާއި އެއްވެސް ޑޮޒޭޖްފޯރމެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމަކީ މަނާ ކަމެއް ކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

1. Leben Laboratories

Brand Name: Azileb – 250

Strength: 250 mg

Generic Name: Azithromycin 250 mg

Batch no: T-524

2. Brand Name: L-Trim DS

Strength:  800 mg + 160 mg

Generic Name: Sulfamethoxazole  + Trimethoprim

Batch No: T- 4853

3. Sterling  Ltd ,India

Brand Name: Azeet - 500

Strength: 500 mg

Generic Name: Azithromycin 500 mg

Batch no: AZFT1402

 އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3014316 އިން ލިބިވަޑައިގަންނަވާނެއެވެ.

16 ރަބީޢުލްއާޚިރު 1437

26 ޖަނަވަރީ 2016
ހޯދާ